Tuesday, June 1, 2010

ކޯއެކްސް ނެޓްގެ ހިދުމަތް މިހާރު ބަރާބަރު



މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަންސަވީސްވަނަ ދުވަހު ކޯއެކްސް ނެޓާއި ލަންދޫގެ އަމިއްލަ ފަރާތެއް ގުޅިގެން ލަންދޫގައި ފޯރުކޮށްދެމުން އަންނަ އިންޓަނެޓް ޚިދުމަތް މިއަހަރުގެ މާރޗު މަހުން ފެށިގެން ބަރާބަރު ކަމަށް މިހިދުމަތް ހޯދަމުންދާ ފަރާތް ތަކުން ބުނެފިއެވެ.
ކަސްޓަމަރުންނަށް އެކަށީގެންވާ ގޮތަކަށް މީގެ ކުރިއާއި އަޅާބަލާއިރު ހިދުމަތް ދަނީ ލިބެމުންނެވެ. އިންޓަނެޓްގެ އެހީގައި ކޮމްޕިއުޓަރުން މިހާރު 'ޗެޓް' ކޮއްލެވެއެވެ. ބައެއްކަހަލަ 'ވެބް ސައިޓްތަކަށް' ވަދެ އެސައިޓުތަކުގައި ހުންނަ 'ފޮޓޯ' އާއި 'ވީޑިއޯ' ބަލައި 'އޯޑިއޯ' އަޑު ވެސް މިހާރު ނުހަނުފަސޭހަ ކަމާއި އެކު އަޑު އަހާލެވޭ ކަމަށް ވެސް އެފަރާތް ތަކުން ބުނެއެވެ.
މިހިދުމަތް ރަގަޅު ކުރުމަށްޓަކައި ކޯއެކްސްނެޓް ލަންދޫގެ އެޖެންޓު އަހުމަދު ދާއޫދު ކުރި ބުރަ މަސައްކަތް ފާހަގަ ކޮށް ލަންދޫ ހެޑްލައިންސް ގެ ނަމުގައި ސުކުރު އަދާ ކުރަމެވެ.


Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "ކޯއެކްސް ނެޓްގެ ހިދުމަތް މިހާރު ބަރާބަރު"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ