Tuesday, June 1, 2010

ލޯތްބަކީ ހުރިހާއެއްޗެއްނޫނެވެ




އަހުސަން ރިސޯޓުން ލިބުނު އޮފްޑޭ ހޭދަކޮށްލުމަށް މާލެ އައީ އާދައިގެ މަތިން ތިމާގެ މީހުންނާ ބައްދަލުކޮށްލާ ރައްޓެހިންނާއި އެކު ވަގުތު ހޭދަކޮށްލާ އަދި ބާޒާރުކޮށްލުމަށްޓަކައެވެ. އެހެން މިފަދަ އޮފްޑޭ ތަކެކޭ އެއްފަދައިން އޭނާގެ އެންމެ ގާތް އެކުވެރިޔާ ރަޝީދު އުޅޭގެޔަށް ދިޔައީ އެއްގޮތަކަސް އާދަޔާ ޚިލާފުކަމެއް ދިމާވެދާނެ ކަމަށް ހީވެސް ނުކޮށެވެ
އެގެޔަށް ގޮސް ރަޝީދުގެ ކޮޓަރިޔަށް ވަދެ އޭނާ އާއި ވާހަކަ ދައްކަން ފެށީމެވެ. ކުއްލިޔަކަށް އެތަނަށް އެއައީ އަންހެން ކުއްޖެކެވެ. ބަލާބެލުމަށް އޭނާގެ އުމުރަކީ އަށާރަ ނަވާރަ އަހަރެވެ. އަހަރެން ރަޝީދުއާއި ސުވާލުކުރީމެވެ. “އެއީ ކޮން ބިޓެއް؟” ޖަވާބުގައި ވަރަށް ހައިރާން ކަމާއެކު ރަޝީދު ބުންޏެވެ. “އެއީ މަގޭ ކޮއްކޮ ނަރީމާ އެއްނު؟ ކަލެޔަށް ނޭންގޭ ދޯ މިހާރު ރަށު ކުދިންވެސް” އޭނާ މިހެން ބުނުމުން އަހަރެން ވެސް ހައިރާންވެ އިތުރަށް އޭނަޔަށް ބަލާލެވުނެވެ. ކޮންމެ ގޮތެއް ވިޔަސް އެކުއްޖާ އަހަންނަށް މިފެނުނީ އަލަކަށް ނޫނެވެ. މީގެ ކުރިންވެސް އޭނާ އާ އެތަށް ފަހަރަކު ބައްދަލުވެ، ފެނި އަދި ވާހަކަދެއްކިފައި ވެސް ހުންނާނެއެވެ. ނަމަވެސް އޭނާއަށް މިހާރު ލިބިފައި އެވާ ރީތިކަމާއި “އަސަރުގަދަ” ކަމަކީ ކުރިން ފެނުނު ކަންތައްތަކެއްނޫނެވެ. އަހަންނަށް މިހާރު މިވާފަދަ އިޙުސާސެއް އޭރަކު ނުވެއެވެ
ލޯތްބަކީ ކަނުއެއްޗެކޭ، އެންމެ ފުރަތަމަ ފެނިލުމުން ވެސް ލޯބިވެވެޔޭ ބުނެވޭ ވާހަކަ ތަކަކީ ކުރިން އަހަރެން ޤަބޫލުކުރާ ވާހަކަ ތަކެއް ނޫނެވެ. ނަމަވެސް މިއަދު އަހަންނަށް މި ޖެހެނީ މިފަދަ ހުރިހާ ބުނުންތަކަކީ ވެސް ތެދުކަން ޤަބޫލު ކުރާށެވެ. އަހަންނަށް މިހާރު މިހުރީ އޭނާ ދެކެ ލޯބި ވެވިފައިކަން އިޙުސާސް ކުރެވުނެވެ
ހަމަ ވަގުތުން އޭނާ އާއި ވާހަކަ ދައްކާލަން ބޭނުން ވެއްޖެއެވެ. ރަޝީދު ކައިރިން އޭނާ އެހެން ކުއްޖަކާ ރައްޓެހިވެގެން އުޅޭތޯ އޮޅުން ފިލުވީމެވެ. ރަޝިދުއަށް އެފަދަ ކަމެއް އެނގިފައި ނުވާކަމަށާއި ނަމަވެސް ފިރިހެން ރައްޓެހިން ގެންގުޅޭކަމަށް ބުންޏެވެ
ރަޝީދުކައިރީ ދަނިއްޔޭބުނެފައި އަހަރެން އެގެއިން ނުކުންނަން ހިނގައިގަތީމެވެ. ސިޓިންރޫމުގައި އިންނަރީމާއަށް އައިސް ބަލާށޭ ބުނެފައި އަހަރެން ނުކުތީ ބޭރަށެވެ. އިރުކޮޅަކުން އޭނާ ވެސް ނުކުމެއްޖެއެވެ
މަށަށް ހުރެވިނީ މޮޔަވެފައި ކަމެއް، މަސްތުވެފައި ކަމެއް ނޭނގުނެވެ. ހާލު އަހުވާލު އަހާލުމަށް ފަހު ގިނަ އިރެއް ނުކޮށް އަހަރެންގެ އުދާސްތައް ބޭރުކޮށް ލެވިއްޖެއެވެ. އަހަރެން ި ވަރަށް ލޯބިވާކަމަށާއި ނަރީމާއާއި އިންނަން ބޭނުން ކަމަށް ބުނެވިއްޖެއެވެ. އޭނާ އެކަމާ ވަކި އެއްޗެއް ނުބުނި ނަމަވެސް މޫނުމަތިން ފެނުނީ އޭނާ ވެސް މާބޮޑު މައްސަލައެއް ނެތް ކަމެވެ. އަދި އޭނާ އެކަމާ ވިސްނާނެ ކަމަށް ބުނެ އެތެރެއަށް ވަދެގެން ހިނގައްޖެއެވެ


Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "ލޯތްބަކީ ހުރިހާއެއްޗެއްނޫނެވެ"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ