Tuesday, September 21, 2010

ފަހުނޭވާ



އެބިމުން އަހަރެންނަން ރޯއަޑު އިވުނެވެ.

މީހުންތައްހޭބޯ ނާރާއުޅޭ އަޑުއިވެއެވެ. މާޔޫސްވެފައިވާ ހާލުއެވެ.

އެމީހުން ފައިގެ ފިޔަވަޅުތަކުގެ އަޑުއިވުނެވެ. އެމީހުން އަހަރެން ގައިގައި ހުދުހެދުމެން ލައްވަނީއެވެ.

އަދި އަހަރެންނަށް އަހަރެންގެ ފުރާނަ އުދުހެއްއުޅޭހެން ހީވިއެވެ.

ހޫނުވަޔެއް އަހަރެންގެ ހަށިގަނޑުތެރޭ ބޮލުންފެށިގެން ފަޔަށް ޖެހެންފެށިއެވެ.

އަހަރެންގެ އަގައިން އަހަރެންގެ ފަހުނޭވާ ބޭރުވިއެވެ.

އަހަރެން ދާންޖެހިއްޖެއެވެ. އަހަރެން ހަމަޔަގީނުންވެސް ދާންޖެހޭނެއެވެ.

އެއީ ތެދެކެވެ. އެކަމަކު ވަގުތުފާއިތުވެއްޖެއެވެ.

އެބައިމީހުން ބުންޏެވެ. ކޮއްމެފުރާނައަކަށްވެސް ކަޑައެޅިފައިވާ ވަގުތެއް ވެއެވެ.

އެއީ އޭރުއުޅުނު ގޮތުގެ އިމްތިހާނު ކުރުމަށެވެ.

އަދި ވައުދުވެގެންވާ ތެދު ދުވަހާ ބައްދަލުކުރުމަށެވެ.

އެދުވަހަކީ ހެކިތަކާ ގަރީނާތަކުގެ ދުވަހެވެ. ހަށިގަނޑުގެ ގުނަންތައް ވާހަކަދައްކާ ދުވަހެވެ.

މާދަމާ އަކީ އެމީހާގެ ދުވަސްކަން އެގެނީ ކާކަންހެއްޔެވެ؟

އާހިރުގައި އޮތީ ސުވަރުގެއެވެ. ނުވަތަ ނަރަކައެވެ.

އޭ އަހުންނާއި އުހުތުންނެވެ. ލަސްނުކުރާށެވެ. އަވަހަން ތަނެއްއިހުތިޔާރު ކުރާށެވެ.

ލަސްނުކުރާށެވެ. ޔާﷲ! ޔާﷲ! މިއަޅާއަށް އެއްވެސްތަނެއް ނުފެނެއެވެ.

އަހަރެންގެ ލޯވަނީ އަދިރިވެފައެވެ. އަހަރެންނަކީ ފަހެ އަހަރެންހެއްޔެވެ؟

އަހަރެންގެ ފުރާނަ ވަނީ ހައްގުގެމަގުން އެއްކިބާވެފައެވެ.

ހަމަގައިމުވެސް ހައްގުވެގެންވާ ވޭންދެނިވި ސަޒާއެވެ.

ފަނާވެދިއުންއޮތީ އަހަރެމެން އުފެދުނު އެހަނަފަސް ބިމަށެވެ.

އެއްބަޔަކު އުފާކުރާއިރު އަނެއްބައަކު ވޭންދެނިވި ހޫނުގެ ތެރޭގައި ކެންކޭނެއެވެ.

އަހަރެންގެ ކައްވަޅަން ލެވެނީއެވެ. ކަންވަޅު ލެވުމުގެ ކުރިން އަހަރެންނަށް އެގުނުނަމައެވެ.

އަހަރެންގެ ވަގުތުޖެހުނީއެވެ.

އެމީހުން އަހަރެން އުފެދުނު ފަސްގަޑަންލާ އަހަރެންފޮރުވާލީ ރޯހާލުގައެވެ.

އެމީހުންނަން ވުރެބޮޑަން އަހަރެންރޯކަން ނޭގޭހާލު އެމީހުން އެބުރިދާ އަޑުއިވުނެވެ.

ޔާﷲ! ޔާﷲ! އަދި ވައުދުވެގެންވާ ތެދު ދުވަހާ ބައްދަލުކުރުމަށެވެ.

މާދަމާ އަކީ އެމީހާގެ ދުވަސްކަން އެގެނީ ކާކަންހެއްޔެވެ؟

ލޮބުވެތި އަހާއެވެ. ލޮބުވެތި އުހުތެވެ. ދުވަސްއައުމުގެ ކުރިން ދުވަހަންތައްޔާރުވެ ތައްމަތި ބަންނާށެވެ. ކާބޯތަކެތި އަޅާރަންކާކުރާށެވެ. ފަހެ، އެދުވަހުން ފައިދާއެއްކުރާނީ ކުރެވުނު ހެޔޮކަމަކުންނެވެ. ނަމާދު ކުރުންގިނަކުރާށެވެ. ދީލަތިކަންއިތުރު ކުރާށެވެ. މައިންބަފައިންނަން ހެޔޮކޮށްހިތާށެވެ. ލޮބުވެތި އަހާއެވެ. ލޮބުވެތި އުހުތެވެ. ދުލުންހެޔޮބަސް ބުނާށެވެ. މާދަމާއަކީ ތިބާގެ ދުވަސްނޫން އެގެނީ ކާކަންހެއްޔެވެ.

އަވަސްކުރާށެވެ. ތައްޔާރުވާށެވެ. ބަލައި އަންނާނެކަމުގެ އުއްމޫދުގައި ހުންނާށެވެ


Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "ފަހުނޭވާ"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ