Monday, May 24, 2010

ފޫނެތް ފަޔަށް ފެން ނުފުރާށެވެ




އޭ މުސްލިމު އަޚުންނާއި އުޚުތުންނޭވެ! ޚުޝޫޢަތްތެރި ކަމަކީ ނަމާދުގެ ހިތެވެ. އަދި އެއީ އޭގެ ރޫޙެވެ. ޚުޝޫއަތްތެރިކަމެއް ނެތި، الله ތަޢާލާއަށް ބިރުވެތިވުމަކާ ނުލައި ކުރެވޭ ނަމާދަކުން ފައިދާއެއް ނުކުރާނެކަން ކަށަވަރެވެ. ސަބަބަކީ الله ތަޢާލާގެ ޙަޟްރަތުގައި އަޅުކަންތައް ޤަބޫލުކުރެވެނީ، ޢިޚުލާޞްތެރިކަމާއިއެކު އެއިލާހުގެ ނަބިއްޔާ صلّى الله عليه وسلّم އަންގަވައި ބަޔާންކޮށްދެއްވާފައި ވާގޮތަށް އަޅުކަން އަދާކުރުމުން ކަމުގާވާތީއެވެ. މިއީ އަޅުކަންތައް ޤަބޫލުކުރެވުމުގެ ދެޝަރުޠެވެ.
އޭ މުސްލިމު އަޚުންނާއި އުޚުތުންނޭވެ! ރެއާއި ދުވާލު ތިބާ ފަސް ފަހަރު ކުރަމުންދާ ނަމާދުގައި ޚުޝޫޢަތްތެރިކަން ނެތިއްޖެނަމަ، اللهގެ ޙަޟްރަތުގައި އަޅުކަން ޤަބޫލުކުރެވުމުގެ ފުރުތަމަ ޝަރުތު ނެތިދިޔައީއެވެ. އެހެންވެއްޖެނަމަ އެނަމާދަކި އެއްވެސް ރޫޙެއްނެތި ކުރެވޭ ޙަރަކާތްތަކެއް ކަމުގައި ވެދެއެވެ.
ހަމަކަށަވަރުން، ނަމާދުގައި ޚުޝޫޢަތްތެރިކަން ގެއްލި ދިއުމަކީ، އެކާމާމެދު ވަރަށް ބޮޑަށް ވިސްނަންޖެހޭ އަދި އެކަމަށް ފަރުވާ ހޯދަން ޖެހިފައިވާ މަޢުނަވީ ބައްޔެކެވެ. ދެސަބަބަކަށް ޓަކައެވެ.
1. ނަމާދަކީ، އެހެނިހެން އަޅުކަންތައް ޤަބޫލުކުރެވުމުގެ ނުވަތަ ރައްދުކުރެވުމުގެ "މީޒާނު" ކަމުގައި ވުމެވެ. ރަސޫލު صلّى الله عليه وسلّم ހަދީޘް ކުރައްވާފާވެއެވެ.

2. ނަމާދުކުރުމުގައި ޚުޝޫޢަތްތެރިވި މިންވަރަކުން މެނުވީ ނަމާދުގެ ދަރުމައާއި ޘަވާބު ނުލިބުމެވެ.
ޚުޝޫޢަތްތެރި ވުމަކީ ކޮބާ؟
އެއީ ތިބާގެ ހިތް އެހެނިހެން ވިސްނުންތަކާއި ފިކުރު ތަކުން ދުރުކޮށް، ކީރިތި الله ގެ ދަރުބާރުގައި ހުރެވޭކަން ހިތަށް އަރުވައި، ހަމައެކަނި ތިބާ އަދާ ކުރަމުންދާ ނަމާދާމެދު ވިސްނުމެވެ.
މިފަދަ މަތިވެރި މަޤާމެއް ލިބޭނީ ތިބާގެ ހިތާއި އަދި އެހެނިހެން ގުނަވަންތައް ނަމާދުން ބޭރު އެންމެހާ ޙަރަކާތްތަކުން ދުރުކޮށް، ނަމާދުގައި ކިޔަމުންދާ ޛިކުރުތަކާއި ދުޢާ ތަކަށް ވިސްނުމުންނެވެ.

Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "ފޫނެތް ފަޔަށް ފެން ނުފުރާށެވެ"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ