ސަލީމް ހުސެއިން ( މެއްޑޯ ) ޔަކީ ލަންދޫ ފުޓްބޯޅަ ދަނޑުގައި ހާއްސަ އިނާޔަތް ދެވިފައިވާ ހަމަ އެކަނި ފުޓްބޯޅަ ކުޅުންތެރިޔާއެވެ. ގޭން ދަނޑު ދޮށަށް ދިއުމުގެ ކުރިން އެދުވަހު އޭނަ ކުޅެން ޖެހޭ ޓީމް އެގެއެވެ. ކޮންމެ ބަޔަކު ބައިބެހިޔަސް އޭނާ ޖެހޭނީ އަބަދުވެސް ޓީސާޓު ލައިގެން ކުޅޭ ބަޔަށެވެ. ދުވަހަކުވެސް ޓީސާޓު ބާލައިގެން ނުކޫޅެވެ.
ސަބަބެއް ކަމަށް މެއްޑޯ ބުނަނީ ބަނޑުގައި ޖަހާފައިވާ މަސްތެކެވެ.
ވައިޖެހޭ ދިމާލަކަށް ދުއްވާލުމަށް އެންމެ ކުޅަދާނަ މެއްޑޯ އަށް މިކަހަލަ އިނާޔަތެއް ޒުވާނުން ދެނީ ކީއްވެތޯ އެވެ. މީ ވަރަށް ގިނަ މީހުން އުފެދޭނެ ސުވާލެކެވެ. މީގައި 2 ސަބަބެއް ވެއެވެ. އޭގެ ތެރެއިން އެންމެ ބޮޑު ސަބަބަކީ މެއްޑޯ ކުޅެންދާ ކުދިން ނަށް ދޭ ރިސްވަތެވެ. ދޭ ހިދުމަތް ތެކެވެ. ދޭތެރެ ދޭތެރެއިން ދޭ ކޮފީތަކެވެ. ކުޅެން ގޮސްފައި ބޫޓަށް އެރުމަށް ޓަކައި މިދިޔަ ހަފްތާގެ ތެރޭގައިވަނީ 4 ބެންޗުވެސް ހަދައިގެން ގެންގޮސްފައެވެ. މިބެންޗުތައް މެއްޑޯ ތައްޔާރު ކޮށްފައިވަނީ ވަކަރުންނެވެ.އަދި ރަސްމީ މެޗުތަކުގައިވެސް މިހާރު ބޭނުން ކުރަނީ މިބެންޗު ތަކެވެ
މެއްޑޯޔަކީ ދަނޑުމަތީގައި މާ ވަރުދައްކާފަ ދުވެ އުޅޭ މީހެއް ނޫނެވެ.
އަދި ކުޅެ އުޅޭވެސް މީހެއް ނޫނެވެ. ބަހެއްޓި ތާކު ހުރެ ، ކުޅޭ ކުޅުމުން މާބޮޑު އުދަގޫ ނުވާތީވެ މިމައްސަލަ މައްސަލަޔަކަށް ކުދިން ނަހަދަނީ އެވެ. އަދި މީހުން ގުނާއިރު ނެތް މީހަކަށް ހަދަނީ އެވެ.
މެއްޑޯޔަކީ މިކަހަލަ އެތަށް ކަމެއް އެހެންމީހުންނާއި ތަފާތު ޒުވާނެކެވެ. އާއްމުކޮށް ކުޅޭ މެޗުތަކުގައި ޖަހާ ގޯލް ފައިލް ގައި ނޯޓް ކުރަމުންދާ މެއްޑޯ މިހާތަނަށް ވަނީ 97 ގޯލް ޖަހާފައެވެ. މީ ފާއިތުވި 30 އަހަރު ދުވަހުގެ ތެރޭގައި ޖެހިފައިވާ ގޯލެވެ. 100 ވަނަ ގޯލް ފާހަގަ ކުރުމުގެ ގޮތުން ބޮޑިބަތާއި ކުޅިމަސް ދަނޑު ދޮށަށް ގެންދިޔުމަށް މިހާރު ވަނީ ނިންމާ އިއުލާން ކޮށްފައެވެ.
އެހެން ނަމަވެސް މިހާރު މެއްޑޯ އަކީ ފަލަ މީހެއް ނޫނެވެ. ބައެއް މީހުން މެއްޑޯ ފެނިފައި މަސްތުވާ ތަކެތި ބޯމީހެއްގެ ގޮތުގައި ދަނީސިފަ ކުރަމުންނެވ. މެއްޑޯ ކުރި ބުރަމައްސަތް ކަތުން މިހާރު އޭނާޔަކީ އެހެން މީހެކެވެ. ކުޑަ އިރު ވާން ބޭނުންވި ސާހުރު ހާން ފަދަ އިސްކޮޅުން ދިގު ، ހިމަ ތޮޅި އެންމެ އަންހެނުން ގަޔާވާކަހަލަ ފިރިހެނެކެވެ. ހަމަ ސާހުގެ ކޮއްކޮއެވެ.
0 ޚިޔާލު: on "މެއްޑޯ ދެމުންދާ ރިސްވަތު ފަޅައި އަރައިފި."
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ