Wednesday, June 9, 2010

ކޮންމެ ރަށަކަށް ދަޅު ފިއްތާ މެސިނެއް ސަރުކާރުން ދީފިނަމަ



އިޖްތިމާޢީ އަދި އިޤްޠިޞާދީ ތަރައްޤީއަށް އަމާޒުކޮށް، ދެމެހެއްޓެނެވި ގޮތެއްގައި، ތިމާވެއްޓާއި އެހެނިހެން ތަބީޢީ ވަޞީލަތްތައް ރައްކާތެރިކޮށް ގެނެވެ. ކޮންމެ ރަށަކަށް ދަޅު ފިއްތާ މެސިނެއް ސަރުކާރުން ދީފިނަމަ ކުނި ގޮނޑު ފުރިގެން ދާލެއް ލަސްވާނެވެ.
ރީތި ރަށަކަށް ލަންދޫ ހެދުމަށްޓަކައި ގޭގެއިން އުފެދޭ ކުނި ހޭޅިފަށަށް އުކުން ހުއްޓިގެންނެވެ. ގޭގޭގައި އުފެދޭ ކުނި އުކަންޖެހޭ ސަރަހައްދަކަށް އުކައިގެންނެވެ.
ހިތާމަޔަކީ އަދިވެސް ވަރަށް ގިނަމީހުން ރަށުގެ ހޭޅިފަށާއި ގޮނޑުދޮށަށް ކުނި އުކަމުން ގެންދާކަމަށް ރަށު އޮފީހުން މައުލޫމާތު ދެއްވިއެވެ. އަދި އެގޮތައް ކުނި އުކާ ފަރާތްތަކަށް ނަސޭހަތްތެރިވަމުންދާ ކަމަށާއި، ތަކުރާރުކޮށް ނަސޭހަތްތެރިވުމުން ކުނި އެޅުން ނުހުއްޓާނަމަ ގާނޫނީ ފިޔަވަޅު އެފަދަ ފަރާތްތަކާމެދު އަޅާނެކަމަށްވެސް އޮފީހުން މައުލޫމާތު ދެއްވިއެވެ.
ކުނި އެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދަށް ފިޔަވައި އެއްވެސް ތަނަކަށް ކުނި އުކުމަކީ މަނާކަމެއްކަން ވަނީ އަންގާފައެވެ. ގޮނޑުދޮށަށާއި ހޭޅިފަށަށް ބައެއް ފަރާތްތަކުން ކުނި އުކަމުން ގެންދިއުމުގެ ސަބަބުން ލަންދޫއަކީ ޞިއްޙަތަށް ފައިދާހުރި، ސާފު ވެއްޓެއް ޤާއިމްކުރެވިފައިވާ ރަށަކަށް ހެދުމަށް ބޮޑެތި ހުރަސްތަކެއް ދަނީ ކުރިމަތިވަމުނެވެ.
މީގެ އިތުރުން ކުނި އުކުމުގެ ޚިދުމަތުގެ ބޭރުން ކުނި އެޅުމަށް ހަމަޖައްސާފައިވާ ކުނި ކޮށި ފިޔަވައި އެއްވެސްތަނަކަށް ނުވަތަ ބިމަކަށް، މަގަކަށް، ގޯޅިއަކަށް، ޢާއްމުން ވަދެ ނިކުމެވާތަނަކަށް، ނުވަތަ ރަށުގެ އެއްވެސްދިމާލެއްގެ ހޭޅިފަށަށް، ކުނި އުކައި ކުނި އެޅުމަކީ މަނާ ކަމެއް ކަމެއްކަން އަންގައި، އެ އެންގުމާއި ޚިލާފަށް އެއްވެސް ފަރާތަކުން އަމަލުކޮށްފިނަމަ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ޤާނޫނުގެ ދަށުން އެފަދަ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށް ގޮވާލަމެވެ.


Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "ކޮންމެ ރަށަކަށް ދަޅު ފިއްތާ މެސިނެއް ސަރުކާރުން ދީފިނަމަ"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ