Monday, June 14, 2010

މެޗު ނުބަލާ ހުއްޓާ މަރުވުމަކީ ފާފައެއް ނޫނެވެ




ނަމާދަކީ، އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. އީމާންކަމުގައި ނަމާދުގެ މަޤާމަކީ، ހަށިގަނޑުގައި ބޮލުގެ މަޤާމެވެ. ކީރިތިޤުރުއާނާއި ޠާހިރު ސުންނަތުގައި ވަނީ، ނަމާދަށް ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވާފައެވެ. ނަމާދު ކުރުމަށް އަންގަވައި އަމުރުކުރައްވާފައިވަނީ، ވަރަށް ވެސް ގަދަ އަމުރުންނެވެ. މިހުރިހާ ކަމެއް އެގެން އޮތް އިރުވެސް މިސްކިތުގެ ފުރަތަމަ ސަފުފުރޭ ވަރުވަނީ ކިރިޔާލައެވެ.
ވޯލްޑްކަޕް ފުޓްބޯޅަ މެޗެއް ބަލާލުމަކީ މައްސަލައެއް އޮތްކަމަކަށް އަޅުގަނޑު ނުދެކެމެވެ. އެކަމަކު ނަމާދު ކުރުމަށްފަހުގައެވެ. ކިތެއްމެ ފޯރިގަދަ މެޗެއް އަންނަމުން ދިޔަ ކަމުގައި ވިޔަސް ، ނަމާދު ނުކޮށް މެޗުބަލަން އިނުމަކީ ބޮޑު ފާފައެކެވެ. މަރުވާނެ ވަގުތެއް ނޭގޭތީވެ އަވަހަށް އަހަރެމެން ހުރިހާ އެންމެންވެސް ނަމާދު ކޮށް ނިންމަން އެބަޖެހެއެވެ. މެޗު ނުބަލާ ހުއްޓާ މަރުވުމަކީ ފާފައެއް ނޫނެވެ. އިސްލާމްދީން އަމުރުކުރައްވާފައިވަނީ، ދަރީންނަށް ހަތް އަހަރުވުމުން، ނަމާދު ކުރުމަށް، އެކުދިންގެ ބައްޕަ އެކުދިންނަށް އަމުރު ކުރުމަށެވެ. އަދި ޢުމުރުން ދިހަ އަހަރު ވާއިރު، އެކުދިން ނަމާދު ނުކުރާނަމަ، އެއީ ވަރަށް ބޮޑު ކުށެއްކަން އަންގައި ދިނުމުގެ ގޮތުން، ހާނީއްކަ ނުވާނެހެން އެކުދިންނަށް އަދަބު ދިނުމަށެވެ.
ކުޑަކުދިން ބަންގި ގޮވުމުން މިސްކިތައް ދާއިރު ބޮޑެތި މީހުން ހޭ ވައްޓާފައި މެޗުގެ ފޯރި ނަގަން ތިބުމަކީ މިއަދު އަޅުގަނޑުމެން ގެ ތެޜޭގައި އޮތް އެންމެ ބޮޑު ގޯހެވެ. ނަމޫނާ ދައްކަން ތިބި މީހުން މިހެން ކަންތައް ކުރަމުންދާނަމަ ، ކުރިއަށް އޮތްތާގައި މިސްކިތްތައްޖެހޭނީ ބަންދު ކުރާށެވެ.

Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "މެޗު ނުބަލާ ހުއްޓާ މަރުވުމަކީ ފާފައެއް ނޫނެވެ"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ