ރަށު ކައުންސިލް އިންތިހާބުގައި ބައިވެރިވުމަށް ވިސްނަމުންދާ ކަމުގައި ލަންދޫ ސުކޫލުގެ މެތުސްޓީޗާރ އިބުރާހިމް ފާއިޒު ( ސޮޕަޓް ) ބުނުއްވައިފިއެވެ. އިބުރާހިމް ފާއިޒު ހެޑްލައިންސަށް މައުލޫމާތު ދެއްވަމުން ބުނުއްވީ ބޮޑު ދެޕާޓީންވެސް އެޕާޓީގެ ކެޑިޑޭޓެއްގެ ގޮތުގައި ނުކުތުމަށް ވަރަށް ގިނަފަހަރުމަތިން ވާހަކަ ދައްކާފައިވާ ކަމުގައެވެ.
އެގޮތުން އެމްޑީޕީގެ ފަރާތުން ރަށު ކައުންސިލަރ ނުކުތުމަށް ފުރުސަތު ލިބުނު ކަމަށާއި ޑީއާރުޕީގެ ފަރާތުން އަތޮޅު ކައުންސިލަރ ގެގޮތުގައި ނުކުތުމަށް އެދެމުންދާ ކަމުގައެވެ.
މީއެއްވެސް ފުރުސަތެއްގެ ބޭނުން ނުކޮށް ނުކުތުމަށް ވިސްނަމުން މިދަނީ އަމިއްލަ ކެޑިޑޭޓެއްގެ ގޮތުން ކަމަށް ލަންދޫގައި އޮތް ހަމައެކަނި މަދަނީ ޖަމުއިއްޔާގެ ހަޒާންދާރު އިބުރާހިމް ފާއިޒު ބުނުއްވިއެެވެ.
0 ޚިޔާލު: on "ރަށު ކައުންސިލް އިންތިހާބުގައި ބައިވެރި ވުމުގެ ވިސްނުން އިބުރާހިމް ފާއިޒު ( ސޮޕަޓް ) އެބަހުރި"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ