Tuesday, June 22, 2010

ލިޔެސް ޕުރީސުކޫލުގެ ބެލެނިވެރިންގެ ވޯކް ސޮޕް އަންނަ ބުރާސްފަތި ދުވަހު



ޅަފަތުގެ ތަރުބިއްޔަތާއި ތަރައްގީގެ ޕުރޮގުރާމްގެ ނަމުގައި ސެންޓާރ ފޮރ ކޮންޓިނިއުއިންގ އެޑިޔުކޭސަނުން ލިޔެސް ޕުރީ ސުކޫލު ބެލެނިވެރިންގެ ވޯކްސޮޕެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިވޯކް ސޮޕް ކުރިއަށް ގެންދިޔުމަށްޓަކައި 2 ބޭފުޅުން މާލޭން އަންނަގޮތަށް ވަނީ ހަމަޖެހިފައެވެ. މިވޯކް ސޮޕް އޮންނާނީ 3 ދަވަހުއެވެ. އެއީ މިހަފްތާގެ ބުރާސްފަތި ،ހުކުރު އަދި ހޮނިހިރު ދުވަހުއެވެ.
މިބައްދަލުވުމުގައި ބައިވެރިވާނީ ލިޔެސް ޕުރީސުކޫލުގެ ހުރިހާ ބެލެނިވެރިންނާއި ލަންދޫ ސުކޫލުގެ ގުރޭޑް 1އަދި 2 ގެ ބެލެނިވެރިންނެވެ. ޖުމުލަ 50 މީހުންނާއި އެކު ބޭއްވުމަށް ހަމަޖެހިފައިވާ މިބައްދަލުވުން ކުރިއަށް ދާނީ ލަންދޫ ސުކޫލުގެ ކުލާސް ރޫމްގައެވެ.
މިބައްދަލުވުމަކީ މިމުޖުތަމާއު އަށް ވަރަށް ވެސް ބޭނުންތެރި އެހާމެ މުހިއްމު ބައްދަލު ވުމެއްކަމަށް އަޅުގަނޑު ދެކެމެވެ. އެހެނީ ރަގަޅަށް ދަރިން ތަރުބިއްޔާތު ކުރުމުގައި މިހާރަށްވުރެ ބޮޑަށް ޒިންމާ އުފުލާނެ ގޮތް ދަސްވެގެން ދާނެތީއެވެ. ވީމާ މިލިބުނު ފުރުސަތުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ބެލެނިވެރިން ހިފާނެ ކަމާއި މެދު އަޅުގަނޑު ސައްކެއް ނުކުރަމެވެ.

Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "ލިޔެސް ޕުރީސުކޫލުގެ ބެލެނިވެރިންގެ ވޯކް ސޮޕް އަންނަ ބުރާސްފަތި ދުވަހު"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ