ތަރުޖުމާ: އުންމު ކުލްޘޫމް
މިއީ ޗެޗްނިޔާގައި ޝަހީދުވެފައިވާ މުޖާހިދެއްގެ އަނތްބަކު ކިޔާދީފައިވާ ވާހަކައެވެ.
މިއުޚުތާ ކިޔާދިނެވެ...
’އޭނާ އަހަރެން ދޫކޮށް ދިޔައެވެ. އޭނާ އަހަރެން ދޫކޮށްފައި ދިޔަ ހިނދު އަހަރެންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަހަރެން ފޮހެލީމެވެ.
އޭ އެންމެހާ މުސްލިމުންނޭވެ! މީ އަހަރެންނަށް ދިމާވި ޙަޤީޤީ ހާދިސާއެއްގެ ވާހަކަ އެވެ. އަދި އަހަރެން ބޭނުންވަނީ ތިޔަ އަޚުންނާއި އުޚުތުންނާ މިވާހަކަ ހިއްސާ ކޮށްލުމަށެވެ.
ޅަޒުވާނަކާ އަހަރެންގެ ކައިވެނި ވެވުނެވެ. މި ދުނިޔޭގައި ވާ އެއްވެސް މީހަކަށް ނުދެވޭ ފަދަ ޤަދަރާއި ޢިއްޒަތެއް އޭނާއަށް ދެވިފައިވެއެވެ. އަހަރެމެންގެ ކައިވެންޏަށް ދެމަސް ވީ ތަނާ، އޭނާ އަހަރެން ގާތުގައި އެހެން އަންހެނަކު ދެކެ އޭނާ ލޯބިވާކަމަށް ބުންޏެވެ. އަދި އަހަރެންދެކެ ލޯބިވާ ވަރަށްވުރެ ބޮޑަށް އެ އަންހެނާ ދެކެ ލޯބިވާ ކަމަށް ބުންޏެވެ. އަދި އޭނާ ލޯބިވާކަމަށް ބުނާ ކުއްޖާއަކީ ވަރަށްވެސް ރީތި އުފާލިބިދޭ ފަދަ ކުއްޖެއް ކަމުގައިވެސް ބުންޏެވެ. އަހަރެން އެކަމާމެދު ވިސްނާލަން އިރުކޮޅަކު ހުރުމަށް ފަހު ދެޚިޔާލެއްގައި ހުރެ އޭނާ ގާތު އަހާލީމެވެ.” ތިބާ އަހަރެން ދެކެ ލޯބިވާ ވަރަށް ވުރެވެސް ބޮޑަށް އޭނާ ދެކެ ލޯބި ވަމު ހެއްޔެވެ؟“
އޭނާ ޖަވާބުގައި ބުންޏެވެ. ”އާނއެކެވެ. އަހަރެން ތިބާ ދެކެ ލޯބިވާ ވަރަށްވުރެ ބޮޑަށް އޭނާ ދެކެ ލޯބި ވަމުއެވެ.“
އަހަރެން، އަހަރެންގެ ފިރިމީހާއަށް ބުނީމެވެ. ”އޭ އަހަރެންގެ ލޯބިވާ އެވެ. ތިބާ ގޮސް ތި އަންހެން ކުއްޖަކާ ކައިވެނި ކުރާށެވެ. އެހެނީ ތިބާގެ އުފަލަކީ އަހަރެންގެ ވެސް އުފާކަމުގައި މެނުވީ ނުވެއެވެ. އަދި ތިބާއަށް ލިބޭ ފަޚުރުވެރި ކަމަކީ އަހަރެންގެ ވެސް ފަޚުރެވެ.“
އެ އަންހެންކުއްޖާއާ ކައިވެނި ކުރުމަށް ބޭނުންވާ ވަރަށް ފައިސާ ތިމަންނަ އަތުގައި ނުހުންނާނެ ކަމުގައި އޭނާ (ފިރިމީހާ) ބުންޏެވެ. އެހެންކަމުން އަހަރެން އޭނާއަށް ބުނީމެވެ. ”އަހަރެންގެ ގައިގައި އަޅާފައި މިވާ ރަނުގެ ގަހަނާތައް ތިބާ ގެންގޮސް ވިއްކާލާށެވެ. އަދި އެ ފައިސާއިން ތިބާ ތިލޯބިވާ ކުއްޖާޔާ ކައިވެނި ކުރާށެވެ. “އޭނާ އަހަރެންގެ ހުށަހެޅުމަށް ދެކޮޅު ހެދިއެވެ. އަދި ފަހުން އަހަރެންނަށް އެތަކެތީގެ ބޭނުން ޖެހިދާނެ ކަމުގައި ބުންޏެވެ. އަހަރެންގެ ހުށަހެޅުމާއި އާދޭސް ކުރުމުގެ ސަބަބުން އޭނާ އަހަރެންގެ ހަދިޔާއަށް އެއްބަސްވާގޮތް ވިއެވެ. އޭނާ އެރަންތައް ގެންގޮސް ވިއްކާލިއެވެ. އަދި އޭނާގެ ލޯބިވާ ހޯދުމަށްޓަކައި އަހަރެން ދޫކޮށް ފުރައިގެން ދިޔައެވެ.
އޭނާ އަހަރެން ދޫކޮށް ދިޔައީ އަހަރެމެންގެ ކައިވެންޏަށް މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ. (އޭނާ ދިޔަފަހުން) އެއް މަސް ފާއިތުވިއެވެ. ދެމަސް ފާއިތުވެ ދިޔައެވެ. އަދި މަސްތައް އަހަރަކަށް ބަދަލުވެގެން ދިޔައެވެ. އަހަރަކަށް ފަހު ދެ އަހަރު ފާއިތު ވިއެވެ. އަދި ތިންވަނަ އަހަރު ވެސް ފާއިތުވެގެން ދިޔައެވެ. ތިން އަހަރު ދުވަސް ފާއިތުވެގެން ދިޔަ އިރުގައިވެސް އަހަރެންގެ ލޯބިވާ ފިރިމީހާ އަހަރެންގެ ގާތަށް ޒިޔާރަތް ވެސް ކޮށް ނުލައެވެ. މަސައްކަތް ބުރަކަމުން އަހަރެން ގާތަށް ނާދެވެނީ ކަމުގައި، ފޯނުކޮށްފައި އޭނާ އަހަރެން ގާތުގައި ބުންޏެވެ. އަހަރެންގެ ލޯބިވާ ފިރިމީހާއާ ވަކިވުމުގެ ހިތާމައިގާ ރެއާއި ދުވާލު އަހަރެން ރަހަ ދެކެމުންދާ ހިތިކަމުގެ ކަރުނަތައް ފޮހެމުން ދިޔައީމެވެ. މިކަމުގައި އަހަރެންގެ އެއްވެސް ކުށެއް ވާކަމަށް ތިޔައިގެ ތެރެއިން އެއްވެސް މީހަކަށް ފަހެ ޤަބޫލު ކުރެވޭ ހެއްޔެވެ؟ ނޫނެކެވެ. ހަމަކަށަވަރުން އަހަރެންގެ އެއްވެސް ކުށެއް ނުވެއެވެ. ހަމަކަށަވަރުން އަހަރެންގެ އެއްވެސް ކުށެއް ނުވެއެވެ.
އޭނާ އަކީ އަހަރެންގެ ލޯބިވާއެވެ. އަދި އަހަރެން ވަނީ އޭނާގެ ފަހަތުގައި، އޭނާގެ މައްޗަށް ފުރިހަމައަށް އިތުބާރު ކުރާ ޙާލުގައެވެ. އެހެނީ އެނާއަކީ ތެދުވެރި އިޚްލާޞްތެރި އީމާންތެރި މީހެކެވެ. އަހަރެންނަށް އޭނާއާ އެކު ވާހަކަ ދައްކާ ހަނދާންތައް އާ ވެއެވެ. އޭނާގެ ފަށުވި ޢިބާރާތްތައް އަހަރެންގެ ކަންފަތަށް އިހުސާސް ވުމުން ހިތްހަމަޖެހުމާއި އުފާވެރިކަން ލިބެއެވެ. އޭނާގެ އެ ޖަޒުބާތި އަޑު އަހަރެންގެ ކަންފަތުގައްޔާއި ހަށިގަނޑުގައި ހަރުލާފައި ވެއެވެ.
ބައެއް ފަހަރު ފަހަރު އެއްމަސް ދުވަސް ފާއިތުވެގެން ދާއިރުގައި ވެސް އޭނާގެ ފޯނު ކޯލެއް ވެސް ނުލިބި ދެއެވެ. މިއީ ކޮންފަދަ ހިތްހަރު (ހިތައް) އަސަރު ނުކުރާ ފިރިހެނެއް ހެއްޔެވެ؟ ތިބާ އަކީ ހާދަ ހިތްހަރު އިހުސާސް ނުވާ މީހެކެވެ؟ ތިބާ އަހަރެންނާ ނުލާ އެހާ ގިނަ ދުވަސްތައް ހޭދަ ކުރަނީ ކިހިނަކުން ހެއްޔެވެ؟ އަހަރެންނަށް މާގިނަ ދުވަހަކު ކެތެއް ނުކުރެވޭނެއެވެ. އެހެނަސް ކުރާނީ ކީއްހެއްޔެވެ. މީ ފިރހެންވަންތަ ގޮތެވެ. އަބަދުވެސް ހިތްވަރުގަދަ ކަން ސާބިތު ކޮށްދޭނެއެވެ. އެމީހުން ގިނަ ދުވަހު ކެތްތެރިވެއެވެ. އަދި ކަންކަމާ ފިކުރުބޮޑެއް ނުވާނެއެވެ.
އޭނާ އަހަރެންނަށް ފޯނު ކޮށްލާ ފަހަރެއްގައި، އަހަންނަށް އިހުސާސް ކުރެވެނީ މުޅި ދުނިޔެ އަހަރެންގެ މުށުތެރެއަށް ލައިގެން ހުންނަ ފަދައިންނެވެ. އަހަރެންގެ ތުރުތުރު އަޅާ އަޑާއި އޮހޮރެމުންދާ ކަރުނަތައް އޭނާއަށް ސިއްރު ކުރަމެވެ. އަހަރެންވަނީ ދެރަވެފައިކަން އޭނާ އަށް ނުއެންގުމަށްޓަކައި މިކަންތައްތައް ވަންހަނާކުރަމެވެ. އަހަރެން އޭނާއާ ވާހަކަ ދައްކަމުންދާއިރުގައި ހިފެހެއްޓުމެއް ނެތި ކަރުނަތައް އަހަރެންގެ ކޯތާފަތްމަތިން ދެމެމުން ދެއެވެ. އަހަރެންނަށް ލިބެމުން މިދާ ހިތާމަޔާ ވޭނުގެ އަސަރު އަހަރެންގެ އަޑުގައި އެކުލެވިފައި ވިއެވެ. އަހަރެންގެ އަމިއްލަ ނަފްސަށް ވެސް އެހިތާމަތައް ފޮރުވީމެވެ. އަހަރެންގެ ހިތުގެ ހަތަރު ފާރުތެރޭގައި މިވޭނާއި ކެކުޅުން ބަންދުކޮށް ފޮރުވީމެވެ. ނަމަވެސް މިހިތް އެހިތާމަތަކާއި ހިތި ވޭންތައް ތަހައްމަލު ކުރުމުގައި ބަލިކަށި ވަމުން ދިޔައެވެ. ނަމަވެސް އަހަރެންނަކީ ހިތްވަރުގަދަ މީހެއް ކަމުގައި ސާބިތުކޮށް ދެއްކީމެވެ. އެއީ އޭގެ ސަބަބުން އަހަރެންގެ ފިރިމީހާ އަށް ކުޑަ ނަމަވެސް ދެރައެއް ހިތާމައެއް ލިބުނަ ނުދިނުމަށްޓަކައެވެ.
އޭނާއަކީ ކޮންފަދަ ފިރިހެނެއް ހެއްޔެވެ؟ އޭނާ އަލަތު ކައިވެނި ކުރުވުމަށް ފަހު އެ އަންހެންކުއްޖާ ދޫކޮށް އެހެން މީހަކު ހޯދުމަށްޓަކައި ދިޔައީއެވެ. އަދި މިއީ ކޮންފަދަ އަންހެނެއް ހެއްޔެވެ؟ ތިމާގެ އަމިއްލަ ފިރިމީހާ އެހެން މީހަކާ ކައިވެނި ކޮށްދިނުމަށްޓަކައި އޭނާގެ ގައިގައި އަޅާފައިވާ ރަނުގެ ގަހަނާތައް ވިއްކާލި އަންހެނެކެވެ. އަހަރެން މިހުރީ ހައިރާންވެ އަންތަރީސް ވެފައެވެ. މި ދެމީހުނާ މެދުއެވެ.
ކަޅު އަނދިރި ދުވަހެކެވެ. އުފާވެރި ކަމެއް ނުވާ ހިތާމަވެރި ދުވަހެކެވެ. ފޯނު ރިންގު ވާން ފަށައިފިއެވެ. ފޯނު ނެގުމަށްޓަކައި ހެއްޔާ އަވަސް އަވަރުވާލައިފައި ދިޔައެވެ. ބަރު އަޑަކުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. ”އުޚުތާ ހެއްޔާއާއި ވާހަކަ ދެއްކުމަށް އަހަރެން ބޭނުމެވެ.“
”އާނއެކެވެ! އަހަރެންމީ ހެއްޔާ އެވެ.“ އަހަރެން ބުނެލީމެވެ.
އެކޮޅުން ވާހަކަ ދެއްކި މީހާ ބުންޏެވެ. ”އަހަރެންނަކީ ޗެޗްނިޔާގެ އަޚަކީމެވެ. ކެތްތެރި ވާށެވެ! އަދި ﷲ ގެ ހަޟްރަތުން މަތިވެރިވެގެންވާ އަޖުރަށް އުއްމީދު ކުރާށެވެ! އެހެނީ ތިބާގެ ފިރިމީހާ ވަނީ ޗެޗްނިޔާގައި މުޖާހިދުންނާއި ރަޝިޔާގެ ސިފައިންނާ ކުރެވުނު ވަރުގަދަ ހަނގުރާމައިގައި މިއަދު ޝަހީދެއް ގޮތުގައި ޤަތުލު ވެފައެވެ. ކެއްތެރި ވާށެވެ! އަދި ﷲ ގެ ޙަޟްރަތުން މަތިވެރިވެގެންވާ އަޖުރަށް އުއްމީދު ކުރާށެވެ.“
އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަމުން އަހަރެން ބުނެލީމެވެ. ”الحمد لله!“
ފޯނު ބޭއްވުމަށްފަހު އަހަރެންނަށް ބުނެދޭން ނޭނގޭ ކަހަލަ އިހުސާސްތަކެއް ކުރެވެމުން ދިޔައެވެ. ހިތްދަތިކަމާއި ވޭނާއި އުފާވެރިކަމެވެ. ހުރިހާ އިހުސާސް ތަކެއް އެއްފަހަރައި ބަންޑުންވެގަތް ކަހަލަ އެވެ. އެހެނަސް އަހަންނަށް ވަމުންދާ ގޮތާމެދު އަހަރެންގެ މަންމަ ހުރީ ދެރަވެފައެވެ.
މަންމަ ބުނެލިއެވެ. ”ހެއްޔާ! ހެއްޔާ! ކިހިނެއް ވީ ހެއްޔެވެ؟ ފޯނު ކުރީ ކާކު ހެއްޔެވެ؟“
އަހަރެންނަށް މަންމައާ ވާހަކަ އެއް ނުދެއްކުނެވެ. އަހަރެންނަށް ރޮވެނީއެވެ. އަދި ހެވެނީ އެވެ.
މަންމަ އަހަރެން ގައިގައި އޮޅުލައިގަނެފައި ބުންޏެވެ. ”ހެއްޔާ އެވެ! ހެޔޮ ނުވާނެއެވެ. ތިޔަ ވެގެން އުޅޭ ގޮތެއް މަންމަ އަށް ކިޔާ ދޭށެވެ.“
މަންމަ އަށް ވީގޮތް ކިޔާ ދިނުމަށްފަހު ކޮޓަރިއަށް ދިއުމަށް ހިނގައިގަތީމެވެ. ދިޔަ މަގުމަތިގައި އަހަރެން މަންމަ އަށް ބުނީމެވެ. ”އަހަރެންގެ މަންމާ އެވެ! އަހަރެންނަށް މަރުހަބާ ކިއުމަށް އަންނަ މީހަކަށް އަހަރެންގެ ކޮޓަރިއަށް ވަނުމަށް މަރުހަބާ އެވެ. އެހެނަސް އަހަންނަށް ލިބިފައި މިވަނީ ހިތާމައެއް ކަމުގައި ހީކޮށް އެކަމުގައި އަހަންނަށް ހިތްވަރުދީ ހެދުމަށް އަންނަމީކަށް އަހަރެންގެ ކޮޓަރިއަށް ވަނުމުގެ ހުއްދައެއް ނެތެވެ.“
އޭ އަހަރެންގެ ލޯބިވާ ފިރިމީހާއެވެ! އާޚިރުގައި ތިބާއަށް ތިބާގެ ލޮބުވެތި މީހުން ފެނިއްޖެއެވެ.
އޭ އަހަރެންގެ ލޯބިވާ ފިރިމީހާ އެވެ! މިއަދު ތިބާ އަކީ ހަތްދިހަ ދެ ހޫރުންނާ ކައިވެނި ކުރުމަށް ތައްޔާރު ވެފައިވާ މީހެކެވެ. އެހުރިހާ ކުދިންނަކީ ވެސް ހެއްޔާއަށް ވުރެ ރީތި، އުފާ ދެނިވި ކުދިންނެވެ.
އޭ އަހަރެންގެ ލޯބިވާ ފިރިމީހާ އެވެ! އަހަރެން ވެސް އެ ރީތި އުފާ ދެނިވި ހޫރުންނެކޭ އެއްފަދައިން ތިބާޔާ އެކު ވުމަށް އެދެމެވެ. ހެއްޔާގެ މަތިން ތިބާ ހަނދާން ނެތުނީ ހެއްޔެވެ؟ ނޫނެކެވެ. ތިބާ ހެއްޔާ މަތިން ހަދާން ނެތުނު ހެނެއް އަހަންނަކަށް ހިޔެއް ނުވެއެވެ. އަހަރެންގެ ހަނދާނުން ދުވަހަކުވެސް ތިބާ ފިލާ ނުމެ ދާނެތެވެ. އަދި ތިބާގެ ނަން އަހަރެންގެ ހިތުގައި ބިންވަޅު ނެގިފައި ތާއަބަދަށް ވާނެއެވެ. އަހަރެމެންގެ ވަކިވުމުގެ ހިތިކަމުގެ ރަހަ ތިން އަހަރު ވަންދެން ދެކެފީމެވެ. ކިތަންމެ ބޭނުންވި ކަމުގައި ވިޔަސް އެ އުފާ ދެކުމުގެ ނަސީބު މިލޮލަށް ލިބިފައެއް ނުވެއެވެ. ނަމަވެސް އަހަރެންގެ ނަފްސުގެ މައްޗަށް އުއްމީދު އެބަ އޮތެވެ. އަހަރެންގެ ނަފްސުގެ މައްޗަށް އުއްމީދު އެބަ އޮތެވެ. އެއީ ޖަންނަތުލް ފިރުދައުސްގައި ތިބާޔާ ބައްދަލު ވާނެ ކަމުގެ ފޮނި އުންމީދެވެ.
އަހަރެންގެ ލޯބިވާއެވެ! ތިބާ އަކީ ބަޠަލެކެވެ. އަދި ޝަހީދެކެވެ. ތިބާ ވީ ތިބާއަށް ލިބިފައިވާ ރީތި ގެ ދޫކޮށް ޗެޗްނިޔާގެ ފަރުބަދަތަކާއި ހޮހޮޅަތަކުގައި އުޅުމަށް ދިޔަ މީހަކު ކަމުގައެވެ. އޮއްސަމުން ދިޔަ ބޮންތަކާއި އުކަމުން ދިޔަ އަތުބޮންތަކުގެ ތެރެއަށެވެ. ތިބާ އަކީ، ތިބާޔާ އެކީގައި ނިދުމަށް ރީތި ޅައަންހެން ކުއްޖަކު ލިބިގެންވީ ހިނދު އޭނާ ދޫކޮށް ފަރުބަދަ ތަކުގައި ސްނޯތަކުގެ ތެރޭގައި ނިދުމަށް ދިޔަ މީހެކެވެ.
ތިބާ އަހަރެން ގާތުގައި ބުނި ހަނދާން ވެއެވެ. ”ހެއްޔާ އެވެ. ޗެޗްނިޔާގައި ތިބި އަހަރެމެންގެ އުޚުތުންގެ ޢިއްޒަތާއި ޢިއްފަތް ވެއްޔާ މޮޑެވެމުންދާ ހިނދު އަހަރެން އަރާމުގައި ނިދާނީ ފަހެ ކިހިނަކުން ހެއްޔެވެ؟ އެ އުޚުތުންނަށް ޖެހިފައިވާ ޙާލުގެ ސަބަބުން އަހަރެންގެ ހިތަށް އަސަރުކޮށް ލޮލުން ކަރުނަ އޮހޮރެއެވެ.“
އޭ އަހަރެންގެ ލޯބިވާ ފިރިމީހާ އެވެ. ތިބާވީ ރިވެތި މަތިވެރިވި އަޚްލާޤެއްގެ ވެރިއަކު ކަމުގައެވެ. އަދުގެ އުއްމަތް ތިބާގެ މަންޒިލާ މެދު ޣާފިލްވެ ތިކުރި ކަންތަކާއި މެދު ނުރުންހުންވެފައި ވެއެވެ. އެހެނަސް މިއުއްމަތަށްޓަކައި ތިބާގެ ނަފްސު ނުރައްކަލަށް ހުށަހަޅާ އެ ނަފްސު ޤުރުބާން ކޮށްފީމުއެވެ.
ﷲ ގެ އިޛުނަފުޅާ އެކު ތިބާ އަށް ލިބުނު ޖަންނަތުގެ މަތިވެރި ނިޢްމަތައްޓަކައި އަހަރެން ތިބާއަށް މަރުޙަބާކިޔަމެވެ. ތިބާ ހަމްޒާޔާއި ޖަޢްފަރާއި އަބޫ ބަކުރާއި މުސްއަބު (رضي الله عنهم) އާއި އެކުގައި ވުމަށް ތިޔަ ލިބުނު މަތިވެރި ފުރުސަތަށް މަރުޙަބާ ކިޔަމެވެ. ތިބާއަށް އެންމެ ލޮބުވެތި ނަބިއްޔާ މުޙައްމަދު (صلى الله عليه وسلم) ގެ އަރިހަށް ދިއުމަށް ލިބުނު ފުރުސަތަށް ވެސް މެއެވެ.
އަހަރެން އެދެނީ ތިބާއަށް އެއްވެސް ދަތިއުނދަގުލެއް ނުވާ އަމާން މަގަކަށެވެ. ”އާމީން!“‘
الله اكبر, މިއީ މީސްތަކުންގެ ތެރެއިންވާ ވަރަށް މަދު ބައެކެވެ. އަދި މިފަދަ މީހުންނަކީ ތިޔަބައިމީހުންގެ އިނގިލިތަކުން ގުނާ ލެވޭނެފަދަ މަދު މީސްކޮޅެކެވެ. سبحان الله!

0 ޚިޔާލު: on "އަހަރެންގެ ލޯބިވާ ފިރިމީހާ ހަތްދިހަ ދެ ހޫރުންނާ ކައިވެނި ކޮށްދެމެވެ"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ