Saturday, June 26, 2010

ލިޔެސް އިން އިސްނަގައިގެން މަސްތުވާ ތަކެއްޗާއި ދެކޮޅަށް



މިވަގުތު ލަންދޫގައި އޮތް ހަމައެކަނި މަދަނީ ޖަމްޢިއްޔާ ކަމަށްވާ ލަންދޫ ޔޫތް އެންކަރޭޖިންގ ސޮސައިޓީ "ލިޔެސް" އިން އިސްނަގައިގެން މަސްތުވާ ތަކެއްޗާއި ދެކޮޅަށް މިއަދު ޕިކަޕް ބުރެއް ބާއްވައިފިއެވެ. މިއަދު ހަވީރު ލަންދޫގެ ބޮޑެތި މަގުތަކުގައި ބޭއްވި މި ޕިކަޕް ބުރުގައި ލިޔެސްގެ މެމްބަރުންނާއި ރަށުގެ ވަރަށް ގިނަ ޒުވާނުން ބައިވެރި ވިއެވެ. ޕިކަޕް ބުރުގައި ބައިވެރިވި ފަރާތަކުން ލިޔެސްއޮންލައިނަށް މަޢުލޫމާތު ދިން ގޮތުގައި ޕިކަޕް ބުރަކީ “މަސްތުވާ ތަކެތީގެ ވަބާއިން މުޅި ދިވެހި ޤައުމު ސަލާމަތްކުރުމުގެ މަތިވެރި މަގުސަދުގައި ނ.ލަންދޫގައި މަސްތުވާ ތަކެއްޗާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ބޭއްވުނު ޕިކަޕް ބުރެއް”.
900 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ މިރަށަކީ ވެސް ރާއްޖޭގެ އެހެން ރަށްރަށެކޭ ވެސް އެއްފަދައިން މަސްތުވާ ތަކެތީގެ ވަބައިގެ އުނދަގޫ ފޯރަމުން އަންނަ ރަށެކެވެ. ކޮންމެ ގޮތެއްވިޔަސް ހަމައެކަނި މަދަނީ ޖަމްޢިއްޔާއިން އިންތިޒާމްކޮށްގެން މިފަދަ ޕިކަޕް ބުރެއް ބޭއްވުމަކީ ޒުވާނުންގެ ތެރޭގައި މިކަމަށް ހޭލުންތެރިވަމުންދާ މިންވަރު ހާމަކޮށްދިން ކަމެކެވެ. އަޅުގަނޑުގެ އުންމީދަކީ މިފަދަ ހަރަކާތްތަކުން އިބްރަތް ލިބިގަނެ ލަންދޫގެ އެންމެހައި ރަށްޔިތުންނަކީ މަސްތުވާތަކެއްޗާއި ނުލައި އުޅެން ދަނަން ބަޔަކަށް ވެގެން ދިޔުމެވެ.


Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "ލިޔެސް އިން އިސްނަގައިގެން މަސްތުވާ ތަކެއްޗާއި ދެކޮޅަށް"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ