Sunday, June 27, 2010

ލިޔެސް ޕްރީ ސްކޫލާއި ނ.ލަންދު ސްކޫލު ބެލެނި ވެރިންނަށް ބޭއްވުނު ވޯރކް ޝޮޕް އިއްޔެ ނިމިއްޖެ



ލިޔެސް ޕްރީ ސްކޫލާއި ނ.ލަންދު ސްކޫލާއި ގުޅިގެން ޕްރީ ސްކޫލް ބެލެނި ވެރިންނަށާއި ލަންދޫ ސުކޫލުގެ 1،2،އަދ3 ގެ ބެލެނިވެރިންނަށް އަމާޒްކޮށްގެން ކުރިއަށް ގެންދިޔަ 2 ދުވަހުގެ ވޯރކް ޝޮޕް އިއްޔެ ނިމިއްޖެއެވެ. މިވޯކް ސޮޕް އޮތީ ލަންދޫ ސްކޫލްގެ ގްރޭޑް 10 ގެ ކްލާސް ރޫމުގައިއެވެ.

ލަންދޫގައި މިވަގުތު އޮތް ހަމަ އެކަނި މަދަނީ ޖަމްޢިއްޔާ އާއި ސެންޓަރ ފޯރ ކޮންޓިނިއިން އެޑިޔުކޭޝަން އަދި ލަންދޫ ސުކޫލުން ގުޅިގެން ކުރިއަށް ގެންދިޔަ މި މަސައްކަތު ބައްދަލް ވުމުގައި 50 ބެލެނި ވެރިއަކު ބައިވެރި ވެލައްވަފައި ވެއެވެ.
މިމަސައްކަތު ބައްދަލްވުމުގައި ކިޔަވައި ދެއްވަނީ ސީ.ސީ .އީ އިން ފޮނުއްވާފައިވާ، ކަމުގެ ތަމްރީން ލިބިވަޑައިގެން ތިއްބެވި އަންހެން ދެބޭ ކަބަލުންނެވެ.

ވޯކްސޮޕް ނިންމާލުމުގެ ރަސްމިއްޔާތުގައި ބައިވެރިންގެ ފަރާތުން ވާހަކަ ދައްކާފައި ވަނީ ނ.ލަންދޫ އޮއިވަރު ސަލްމާ ހުސެއިން އެވެ. އޭނާގެ ވާހަކާގައި ތުުއްތު ކުދިންނަށް އަޅައިލާއި ކުދިންގެންގުޅެނޭނެ އެންމެ ރަގަޅު ގޮތްތައް މިވޯކް ސޮޕުން ވަރަށް ރަގަޅަށް އގިގެން ދިޔައެވެ. އަދި މިލިބުނު މައުލޫމާތުގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފާނެ ކަމުގެ ޔަގީން ކަންވެސް ދިނެވެ.

މިމަސައްކަތު ބައްދަލްވުމުގައި ކިޔަވައި ދެއްވަން ދުރުވި ސީ.ސީ .އީ އިން ވަޑައިގެން ބޭފުޅުން ބައިވެރިން ދެއްވި އެއްބާރު ލުން ފާހަގަކޮށް ހުރިހާ ބައިވެރިންނަށް ސުކުރު އަދާ ކުރިއެވެ. އަދި ލިޔެސް އާއި ލަންދޫ ސުކޫލުން ދިން އެއްބާރުލުން ފާހަގަ ކޮށް ސުކުރު އަދާ ކުރިއެވެ.



Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "ލިޔެސް ޕްރީ ސްކޫލާއި ނ.ލަންދު ސްކޫލު ބެލެނި ވެރިންނަށް ބޭއްވުނު ވޯރކް ޝޮޕް އިއްޔެ ނިމިއްޖެ"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ