Wednesday, June 30, 2010

މިމައްސަލަ މިހާރު ދަނީ ލަންދޫ ސުކޫލުގެ ބޯޑުން ބަލަމުންނެވެ



ލަންދޫ ސުކޫލަށް އެންމެ ފަހުން އަޅައިދެއްވި 3 ކުލާސް ރޫމް ގެ ދޮރުމަތީގައިވާ މަގަކީ ލަންދޫގެ ވަރަށް ގިންމީހުން ބަދަރު ސަރަހައްދަށް ދިޔުމަށްޓަކައި ބޭނުންކުރާ މަގެކެވެ. މިމަގުން ބާރަށް ސައިކަލް ދުއްވުމައި މީހުން ހިގާބިގާވުމުގެ ސަބަބުން ކުލާސްތައް ކުރިއަށް ގެންދިޔުން ވަނީ އުދަގޫ ކަމަކަށް ވެފައެވެ.
މިކުލާސް ރޫމްތަކަކީ ލަންދޫސުކޫލުގެ ޗައިލްޑް ފުރޭންޑްލީ ކުލާސްތަކެވެ. މިކުލާސް ތަކުގައި ކިޔަވަނީ ގުރޭޑް 1، 2 އަދި 3ގެ ތުއްތު ކުދިންނެވެ.
ޕީއީ ގަޑި ނެގުމަށް ބޭނުން ކުރަނީ މިކުލާސް ރޫމްތަކުގެ ކައިރިއެވެ. ދިމާވެ ދާނެ ނުރައްކާތެރި އެކްސިޑެންޓަކަށް ފިޔަވަޅު އެޅުމުގެ ގޮތުން ވަގުތީ ކޮށިގަޑެއް ސުކޫލުގެ ފަރާތުން މިތަނުގައި ޖެހިއެވެ. ސުކޫލުގެ އިމުގައެވެ.
މިމަގު އާއްމު މަގަކަށް ހަދައިގެން އުޅުނު މީހުންނަށް މިކަންވެގެން ދިޔައީ އެހާ ގަބޫލު ކުރެވޭ ކަމަކަށް ނޫނެވެ. ރޭގަނޑުގަޑީގައި ބިޓުން ލައިގެން ބަދަރަށް ދިޔުމަށް ބޭނުންކުރަމުން ދިޔަ މަގު ބަންދު ކުރުމުން ޒުވާނުން ދިޔައީ ނަރަށް އަރައިގެންނެވެ.
މާގިނަ ދުވަހެއް ނުވަނީސް ކޮށިގަނޑު ބަޔަކު ހަލާކު ކޮށްލިއެވެ. އެތަނުން ނަގައި އެއްލާލިއެވެ. އެމީހުންގެ ބޭނުމަށް ބޮޑުމަގަށް އަނެއް ކާވެސް ހެދީއެވެ.
ތިމާގެ އަމިއްލަ އެދުމަށް ރޫޅާ އެއްލާލި ކޮށިގަނޑުގެ ސަބަބުން ނުކުމެ ދާނެ އެއްވެސް މައްސަލަޔަކަށް ބަލައެއް ނުލައެވެ ކުޑަކޮށްވެސް ވިސްނާނުލި މިކަމުގެ ސަބަބުން އެތަށް ކަމެއް ވެދާނެވެ.
މާދަމާ ތިމާގެ ދަރިއެއްގެ ގައިގައި ސައިކަލްކުން ޖެހިއްޖެނަމަ ހަދާނީ ކިހިނެތް ހެއްޔެވެ؟ ޓިޗަރުން ނަށް ކިޔަވައި ދިނުމަށް އުދަގޫވެ ދަރިވަރުން ފާސްނުވުމައި ގުޅިގެން ދެންވިސް ހަމަ ހަޅޭލަވަންވީ ޓީޗަރުންނައި ދިމާލަށް ހެއްޔެވެ؟
މިކަހަލަ ކަންތައް ކުރުމުގެ ކުރިން ތިމާ މިކުރެވެނީ ކިހާވަރެއްގެ ކަމެއްކަމައި މެދު ވިސްނާނަމަ ކިހާ ރަގަޅުވާނެ ހެއްޔެވެ. މިމައްސަލަ މިހާރު ދަނީ ލަންދޫ ސުކޫލުގެ ބޯޑުން ބަލަމުންނެވެ. އެންމެ ފަހުން ބޭއްވުނު ބޯޑު މީޓިންގައި ވަނީ މިކަމައި ބެހޭގޮތުން ވަރަށް ބޮޑަށް ވާހަކަ ދައްކާފައެވެ. އަދި މިކަމަށް ހައްލު ހޯދުމަށް ލަންދޫ އޮފީހާއި ވާހަކަ ދެއްކުމަށް ބައްދަލުވުމުން ނިންމިއެވެ.



Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "މިމައްސަލަ މިހާރު ދަނީ ލަންދޫ ސުކޫލުގެ ބޯޑުން ބަލަމުންނެވެ"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ