Saturday, July 3, 2010

މަޖޫ ދެ ފުޓްބޯޅަ ޒުވާނުންނަށް ހަދިޔާ ކޮށްފި



ލަންދޫ ލިޔެސް ފުޓްބޯޅަ ޓީމުގައި މިވަގުތު ހުރި އެންމެ ތަޖުރިބާ ކާރު ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ މަޖުދުﷲ ޢަބުދުއްރައްޒާޤް ޒުވާނުންނަށް ދޭން ބުނި ދެ ފުޓްބޯޅަ ހަވާލުކޮށްފިއެވެ. ލަންދޫ ކައުންސިލާރ މިދެ ބޯޅަ ހަވާލުކުރައްވަމުން ވިދާޅުވެފައިވަނީ މި ދެ ބޯޅައަކީ އެމް.ޑީ.ޕީ ގެފަރާތުން ހޯދި ދެ ބޯޅަ އެވެ. މި ދެ ބޯޅަ ހޯދައިދިނުމަށް މަޖޫ ވަނީ ވަރަށް ބޮޑަށް މަސައްކަތް ކޮށްދީފައެވެ.
ޑީއާރު ޕީން ދޭން ބުނި 4 ބޯޅަ އަދި ނުލިބެއެވެ. އެމްޑީޕީން ދެ ބޯޅަ ހަދިޔާ ކުރުމަށް އުޅޭ ހަބަރު ލިބިގެން ޑީއާރުޕީން ވަނީ 4 ބޯޅަ އެމީހުންނަށް ވުރެ ކުރިން ދޭނެ ކަމަށް ބުނެފައެވެ. މި 4 ބޯޅަ ހޯދައިދޭން ބުނި ފަރާތުން މިހާރު ބުނަމުން ދަނީ އެންމެ އަވަހަށް އަންނަ އެއްޗަކުން ބޯޅަ ލިބޭނެ ކަމުގައެވެ.

މިއަދު ލަންދޫ ކައުންސިލަރ ގެ މަގާމުގައި ހުންނެވި މަޖޫ މިހާރު އަންނަނީ ވަރަށް ބޮޑަށް ޒުވާނުންނާއި ގުޅުން ބަދަހި ކުރަމުންނެވެ. ހާއްސަ ކޮށް ފުޓްބޯޅަ އަށް ދޭ ސަމާލުކަން މިދަނީ ބޮޑުވަމުންނެވެ.
ލިޔެސް އިން ލަންދޫގެ ޒުވާނުން ކުޅުމަށް އެންމެ ފަހުން ގެނައި ބޯޅަ ވަނީ ވިއްސާރައިގައި ކުޅުމުގެ ސަބަބުން ބަރުވެ ހަލާކުވާން ފަށައިފައެވެ. ބޯޅައިގެ އުދަގޫކަން ޒުވާނުން ތަހައްމަލު ކުރަމުން ދިޔަ މިފަދަ ދަނޑި ވަޅެއްގައި ދެ ފުޓްބޯޅަ ހަނދިޔާ ކޮށްދެއްވި ލަބްދޫ ހެޑްލައިންސްގެ ފަރާތުން މަޖޫއަށް ނުހަނު އިޙްލާސް ތެރިކަމާއި އެކު ޝްކުރު ދަންނަވަމެވެ.



Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "މަޖޫ ދެ ފުޓްބޯޅަ ޒުވާނުންނަށް ހަދިޔާ ކޮށްފި"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ