
ލަންދޫ އަތިރީމިސްކިތަށް ދާ ގިނަބަޔަކު އިމާމުމީޙާ ޤުނޫތު ނުކިޔާތީ ހުކުރު މިސްކިތަށް އަންނަން ފަށައިފިއެވެ. އަދި އެމީހުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ނުރުހުން ފާޅުކޮށް އޮފޫހުގައި މައްސަލަ ޖައްސާފައެވެ. އެމިސްކިތުގައި މިހާރު ނަމާދު ކުރަނީ މުދިންކަމުގެ ކޯސް ފުރިހަމަކުރައްވާފާވާ ނ.ލަންދޫ އަސްރަފީގެ އަލްފާޟިލް ޢަލީ ޒިޔާދެވެ.
މިކަމާ ގުޅިގެން ކައުންސިލާ ވިދާޅުވެފައި ވަނީ ގުނޫތު ކިޔާކަށްވެސް އަދި ނުކިޔާކަށްވެސް އޮފީހުގެ ފަރާތަކުން ނާންގާކަމުގައެވެ. ކައުންސިލަރ ވެސް އަމިއްލަ ހައިސިއްޔަތުން ބޭނުންވަނީ ގުނޫތު ނުކިޔުމަށެވެ. އެންމެ ފަހުން ލަންދޫގައި ދެވުނު ދީނީ ދަރުސްގައިވެސް ފަރީދު ވަރަށް ތަފްސީލުކޮށް މިވާހަކަ ވަނީ ދައްކާފައެވެ.
ގުނޫތު ކިޔުމަށް ބާރު އަޅައި ފަރާތް ތަކުން މިއަންނަ އާދިއްތަ ދުވަހު އޮފީހަށް ގޮސް އެމީހުންގެ ސުއޫރުވެސް ފާޅު ކުރާނެ ކަމަށް މިބުލަގަށް ވަނީ މައުލޫމާތު ލިބިފައެވެ.
0 ޚިޔާލު: on "ލަންދޫ އަތިރީމިސްކިތަށް ދާ ގިނަބަޔަކު އިމާމުމީޙާ ޤުނޫތު ނުކިޔާތީ ހުކުރު މިސްކިތަށް އަންނަން ފަށައިފި"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ