Saturday, July 3, 2010

އާޖެންޓީނާގެ ސަޕޯޓަރުން ގުއި ރައްވާލައިފި





ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ އާޖެންޓީނާ އާއި ޖަރުމަން ބައްދަލްކުރި މެޗުވަނީ ބެލުންތެރިން ހީނުކުރާ ކަހަލަ ގޮތަކަށް އާޖެންޓީނާ ބަލިވެފައެވެ. އާޖެންޓީނާ ބަލިވެފައި ވަނީ 4-0 ލަނޑުގެ ބޮޑު ތަފާތަކުންނެވެ.
އައިޖެންޓީނާ ގެ ސަޕޯތަރުން ނަކީ މުބާރާތަށް މިފަހަރު އެންމެ ބޮޑަށް ތައްޔާރުވި މީހުންނެވެ. މެޗު ފެށުމުގެ ކުރިން ސުޓޭޖު ސަރަހައްދު ވަށައިގެން ނޫކުލައިންނާއި ހުދުކުލައިގެ ފުއްޕާހަން ވަނީ އާޖެންޓީނާގެ ސަޕޯޓަރުން ފޫހިކަމެއްނެތި ހިތްވަރާއި އަޒުމާއި އެކު އާޖެންޓީނާ ކުޅުނު ހުރިހާ ރެއެއްގައި އެލުވައިފައެވެ.
ސަޕޯޓަރުން ސަޕޯޓު ކުރުމަށް ތައްޔާރުވެގެން އައިސް ތިބޭއިރު ސިފަވެގެން ދަނީ ސުޓޭޑިއަމުން މީހުން ފެންނަހެންނެވެ. ތަފާތު ވައްތަރުގެ ދުއްމާރިތައް ވަނީ ބޭނުން ކޮށްފައެވެ.
ރޭ ބުރެޒިލް ބަލިވުމާއި ގުޅިގެން އާޖެންޓީނާގެ ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް މަލާމާތް ކޮށް ހަޅޭލަވާފައެވެ. އަދި ބުރެޒިލްގެ ސަޕޯޓަރުންގެ ކުރިމަތީގައި ތަފާތު ވައްތަރު ޖައްސާފައެވެ. ފޫޅުގައި ބިލެއް ހުނި ހާކައިގެން ވައިމަށްޗަށް ދާން ގޮވާފައެވެ.
މިރޭގެ މެޗަށް އާޖެންޓީނާގެ ސަޕޯޓަރުންނަށް ސުކުރީނާއި ހިސާބަށް އާދެވުނީ ޖަރުމަނުގެ ލަނޑަށެވެ. އެހާ އަވަހަށް ލަނޑެއް ޖެހުމުގެ ސަބަބުން ސަޕޯޓަރުންގެ މޫނު މަތި ފެންނަމުން ދިޔައީ މާޔޫސް ކަމެވެ. އެހެން ރޭ ރޭ ލައްވަމުން ދިޔަ ދުއްމާރިތައް އުނގައްލައިގެން ޖަރުމަނުގެ މޮޅު ކުޅުން ބެލުމަށް ތިބެވުނީއެވެ.
އާޖެންޓީނާ ޓީމް މިހާ ބޮޑު ތަފާތަކުން ބަލިވުމާއި ގުޅިގެން ލަންދޫގައި ތިބި ބުރެޒިލްގެ ސަޕޯރޓަރުންނަށް ވަނީ ތަފާތު ކުޅިވަރުތައް ދައްކާފައެވެ. އެގޮތުން މުޅިގައިގައި ބެންޑޭޖު އަޅައިގެން ، މުޅި ބަނޑުގައި ބިލެއް ހުނިހާކާއިގެން އުޅުނު ބުރެޒިލްގެ ސަޕޯޓަރ ރަނބޭ ފާހަގަ ކޮށްލެވެއެވެ.
މެޗު ނިމުމުން އެންމެ ގިނަ ހަމަލާތަކެއް ދީފައިވަނީ އާޖެންޓީނާގެ ސަޕޯޓާރ ސައިއްޓޭއަށެވެ.

Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "އާޖެންޓީނާގެ ސަޕޯޓަރުން ގުއި ރައްވާލައިފި"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ