
ލަންދޫއިންޖީނުގޭގައި ނ.ލަންދޫ ނޫހިރި އަލްފާޟިލް އަޙްމަދު ޙަސަން އިސްތިއުފާ ދީފިއެވެ. "އިސްތިއުފާ ދޭންމަޖުބޫރުވީ ކައުންސިލަރގެ އެއްބާރުލުން އިންޖީނުގޭގެ މުވައްޒަފުންނަށް ނުދެއްވާތީ. އިންޖީނަކުން އެއްޗެއް ހަލާކުވެގެން އެއެއްޗެއް ހޯދަދޭށޭ ބުންޏަސް އެކަމަކަށް އެއްވެސް ސަމާލުކަމެއްނުދޭނެ. އަދި އިންޖީނުތަކަށް މައްސަލަ ދިމާވުމުން ހުރިހާކަމެއް އަޅުވާލަނީ މަގޭބޮލުގައި. ކަމަށް އިސްތިއުފާ ދިން އަހްމަދު އިއްޔެ ކިޔައިދިނެވެ.
އަޙްމަދު ގެ އިސްތިއުފާޤަބޫލުކުރިކަން އަޙްމަދަށް މިހާރުވާނީ ރަސްމީކޮން އަންގާފާ ކަމަށް ކައުންސިލަރ މިއަދު ވިދާޅުވިއެވެ. އަދި އަޙްމަދުގެ ބަދަލުގައި ލަންދޫ އިތާ އަބޫބަކުރު އިބްރާހީމް "ޖޯން" މިހާރުވަނީ ވަގުތީ ގޮތުން ޑިއުޓީއަށް ނެރެފާކަމަށާއި، ސްޕަވައިޒަރުގެ މަޤާމް އަދި ވަކިފަރާތަކަށް ހަމަޖައްސާފާ ނުވާނެ ކަމަށް ވެސް ކައުންސިލަރ މިއަދު ވިދާޅުވިއެވެ.
ޖޯންއަކީވެސް ތަފާތު އެކިދުވަސްވަރުގައި ލަންދޫ އިންޖީނު ގޭގައި ޑިއުޓީ އޮފިސަރެއްގެ ގޮތުގައި ވަރަށް ފަރުވާތެރިކަމާއި އެކު މަސައްކަތް ކޮށްފާވާ ފަރާތެކެވެ.
0 ޚިޔާލު: on "އިސްތިއުފާ ދޭންމަޖުބޫރުވީ ކައުންސިލަރގެ އެއްބާރުލުން އިންޖީނުގޭގެ މުވައްޒަފުންނަށް ނުދެއްވާތީ"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ