
މިއަހަރުގެ ޖުލައި 26 ކުލަ ގަދަގޮތެއްގައި ފާހަގަ ކުރުމަށް ދަނީ ރާވަމުންނެވެ. މިއަހަރުގެ އަންހެނުންގެ ދުވަސް ފާހަގަ ކޮށްފައިވަނީވެސް ވަރަށް ކުލަ ގަދަ ގޮތެއްގައެވެ. އެކުވެރިކަމައި އެއްބަޔެއްގެ ގޮތުގައެވެ. އަމިއްލަ ޖީބުން ބޮޑެތި ހަރަދުތަކެއް ކޮށްގެނެވެ.
ސުވާލަކީ އަންހެނުންގެ ދުވަހު އައި ފޯރިޔާއި ކިކް ޖުލައި 26 ގައި ވެސް ފެންނާނެ ބާއެވެ.؟ ނުފެންނަންވީ އެއްވެސް ސަބަބަބެއް ނެތެވެ. އެދުވަސް ފާހަގަ ކުރުމުގައި މުގުލުގައި ހުންނެވީ ކައުންސިލާރ މަޖޫއެވެ . މިފަހަރުވެސް މިހުންނެވީ ހަމަ އެބޭފުޅާއެވެ.
ކުރިޔާއި ހިލާފަށް ކައިރީގައި ތިއްބެވި ބޭފުޅުންގެ އެއްބާރު ލުން މާބޮޑަށްވެސް ލިބެއެވެ. އެމީހުންގެ ހިޔާލާއި މަސްވަރާގެ މަތިން ރާވަމުން މިދާ ޖުލައި 26 ކުލަގަދަ ގޮތެއްގައި ފާހަގަ ވާނެ ކަމަށް އުއްމީދު ކުރެވެއެވެ.
ކައުންސިލަރ މަޖޫއަށްވެސް މިހާރު ކަންތައް ތަކެއް ކުރެވެމުންދާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
0 ޚިޔާލު: on "އަންހެނުންގެ ދުވަހު އައި ފޯރިޔާއި ކިކް ޖުލައި 26 ގައި ވެސް ފެންނާނެ ބާއެވެ.؟"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ