Saturday, July 17, 2010

ތުއްތު ކުދިން ނުރޮއްވާ އުރާލާ ހިތްވޭތަ؟



ބައެއް މީހުން އުރާލުމުން ކުދިން ރޯން ފަށަ އެވެ. ނަމަވެސް ގިނަ މީހުން ބޭނުންވަނީ އޭނާ އުރާލުމުން ހީލާފައި އިންނަތަން ބަލާށެވެ. އެހެންވެ ކުދިންގެ ރުއިން މަތަކުރުމަށް ތަފާތު ތަންތަން ދައްކާ އަޑުއަޑު ލައްވާ ވެސް ހަދަ އެވެ. އެކި ކުދިން ހުއްޓާލާނީ ނުވަތަ ހޭނީ އެކި ކަންތައްތައް ދައްކައިގެންނެވެ. ކުދިން އެންމެ ކުޑައިރު ގިނައިން ހީލާފައި އޮންނަތަން ފެންނަނީ ނިދާފައި އޮންނަ ވަގުތެވެ. އެއީ އެކުދިން އަމިއްލަ ޒާތުގައި ހީލާ ހުނުމެކެވެ. އެއީ މީހަކު ކުރާ ކަމެއް މަޖާވެގެން ހިތްހަމަޖެހިގެން ހީލާ ހީލުމެއް ނޫނެވެ. ތިރީގައި އެވަނީ ކުދިން ހެއްވާލުމަށް ކުރެވިދާނެ ކަންކަމެވެ.
ކުދިން ވަރަށް ގަޔާވާ ގޮތަކަށް ހުންނަ ލަވަ ކިއުމުން ކުދިން އުފަލުން ހޭން ފަށަ އެވެ. އަދި ބައެއް ފަހަރު އިނގޭ ލަވައެއް ނަމަ އަޑުދަށުން އެކުދިންނަށް އެނގޭ ގޮތަކަށް ކިޔާ ވެސް ހަދަ އެވެ. ކިޔާ ލަވަ އެންމެ ރަނގަޅުވާނީ ކުޑަކުދިންނަށް ކަމުދާ ގޮތަށް ގިނައިން ތަކުރާރުވާ ގޮތަށް އަކުރުތައް ހުންނަ ގޮތަށް ހެދިފައި ހުންނަ ލަވަތަކެވެ. ލަވަ ކިޔާ އިރު ކުދިން ގަޔާވާ ގޮތަށް ވައްތަރު ޖެއްސުމުން ވެސް ކުދިން ގިނައިން ހޭނެ އެވެ.
އަތުގައި އޮންނަ އެއްޗެއް އަތުލުމުން ކުދިން ރޯން ފަށަ އެވެ. އެ އެއްޗެހި އަތުލަނީ މިސާލަކަށް މުހިއްމު އެއްޗެއް ނަމަ ހަލާކު ވެދާނެތީ އެވެ. ނުވަތަ ތޫނު އެއްޗެއް ނަމަ އެއިން ގެއްލުމެއް ލިބިދާނެތީ އެވެ. މިހެން އެއްޗެއް އަތުލާ ނަމަ ވީހާވެސް އަވަހަކަށް ކުއްޖާ ގެންގުޅޭ އޭނާއަށް އެންމެ ކަމުދާ ކުޅޭ އެއްޗެއް އަތަށް ދޭށެވެ.
ތަފާތު އަޑުތައް ލެއްވުމުން ކުދިންގެ ރުއިން ވަގުތުން ހުއްޓާލަ އެވެ. އަދި ކަނުލާ އެއަޑު އަހާ ހީނ ހަދަ އެވެ. މިގޮތަށް ތަފާތު އަޑުއަޑު ލެއްވުމުން އެކުދިންނަށް ވަނީ މުޅިން އާ އަދި މަޖާ ކަމަކަށެވެ. ނަމަވެސް އަޑުލައްވާ އިރު ބައެއް އަޑުއަޑު އިވުމުން ބައެއް ކުދިން ބިރު ގަނެ އެވެ. ވުމާއެކު ކުއްޖާ ގަޔާވާ ފަދަ އަޑުއަޑު ލެއްވުމަށް ވިސްނާށެވެ.
މިއީ ކުދިން ހޭނެ ބައެއް ގޮތް ގޮތެވެ. ނަމަވެސް ކުދިން އެންމެ ގިނައިން ހޭ ސަބަބެއް އޮވެ އެވެ. އެއީ ބަނޑުގައި ކޮއްޓާލުން ނޫނީ ކަނދުރާގައި ކޮއްޓާލުމުވެ. ނަމަވެސް މިގޮތަށް ހެދުމުން ކުދިންނަށް އުދަނގޫވެ އެވެ. އެކަމާ މެދު ވިސްނާލަން ޖެހޭނެ އެވެ.

Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "ތުއްތު ކުދިން ނުރޮއްވާ އުރާލާ ހިތްވޭތަ؟"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ