
ލިޔެސް ކޯޕަރޭޓިވް ސޮސައިޓީ ( އެލް ، ސީ ، އެސް ) ގެ ޗެއަރމަން އަލްފާޟިލް ޖައުފަރު ރަޝީދު ވަރަށް ކުއްލި ގޮތަކަށް މިއަދު ވަގުތެއްގައި އިސްތިއުފާ ހުށަހަޅުއްވައިފިއެވެ. ޖައުފަރު ރަޝީދު އިސްތިއުފާ ހުށަހެޅުއްވިކަން ބަޔާންކޮށްފައިވަނީ ( އެލް ، ސީ ، އެސް ) ގެ ވައިސް ޗެއަރމަން އަލްފާޟިލް ހަސަން މާހިރަށް އެޑްރެސް ކޮށް މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ފޮނުއްވާފައިވާ ސިޓީ އެއްގައެވެ.
ޖައުފަރު ރަޝީދު ވަޒީފާ އަދާކުރައްވަމުން ގެންދަވާ ކުންފުނިން އިތުރު މަސައްކަތް ތަކަކާއި އިތުރު މަސްޢޫލިއްޔަތު ތަކެއް އެބޭފުޅާއާއި ހަވާލު ކުރެއްމުގެ ސަބަބުން މިވަގުތު އެބޭފުޅާއަށް ޒިންމާތައް ވަރަށް ބޮޑު ވެފައިވާތީ ( އެލް ، ސީ ، އެސް ) އަށް އިތުރު ވަގުތު ދެވެން ނެތުމުގެ ސަބަބުންނެވެ.
0 ޚިޔާލު: on "ލިޔެސް ކޯޕަރޭޓިވް ސޮސައިޓީ ގެ ޗެއަރމަން އަލްފާޟިލް ޖައުފަރު ރަޝީދު އިސްތިއުފާ ހުށަހަޅުއްވައިފި"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ