
ލިޔެސް ކޯޕަރޭޓިވް ސޮސައިޓީ ގެ ޗެއަރމަންގެ މަގާމަށް މީހަކު އައްޔަނު ކުރުމަށް ވަރަށް އަވަހަށް ބޯޑުގެ ބައްދަލުވުމެއް ބާއްވާނެ ކަމުގައި ލިޔެސް ކޯޕަރޭޓިވް ސޮސައިޓީ ގެ ވައިސް ޗެއަރމަން އަލްފާޟިލް ހަސަން މާހިރު ވިދާޅު ވެއްޖެއެވެ. ލިޔެސް ކޯޕަރޭޓިވް ސޮސައިޓީ ގެ ވައިސް ޗެއަރމަން އަލްފާޟިލް ހަސަން މާހިރު މިހެން ވިދާލުވީ ލިޔެސް ކޯޕަރޭޓިވް ސޮސައިޓީ ( އެލް ، ސީ ، އެސް ) ގެ ޗެއަރމަން އަލްފާޟިލް ޖައުފަރު ރަޝީދު ވަރަށް ކުއްލި ގޮތަކަށް މިއަދު ވަގުތެއްގައި އިސްތިއުފާ ހުށައެޅުއްވުމާއި ގުޅިގެންނެވެ.
ލިޔެސް ކޯޕަރޭޓިވް ސޮސައިޓީ ( އެލް ، ސީ ، އެސް ) ގެ ޗެއަރމަން އަލްފާޟިލް ޖައުފަރު ރަޝީދު ކޮށް ދެއްވި އަގުހުރި ބުރަ މަސައްކަތަށް ވައިސް ޗެއަރމަން އަލްފާޟިލް ހަސަން މާހިރު ސުކުރު ވަނީ އަދާކޮށްފައެވެ.
" ވަރަށް އަވަހަށް މިހާރު ކުރަމުންދާ ތެޔޮބިމުގެ މަސައްކަތް ތައް ނިންމާނެ " ކަމުގައި ވައިސް ޗެއަރމަން އަލްފާޟިލް ހަސަން މާހިރު ވިދާޅުވިއެވެ.
0 ޚިޔާލު: on "ލިޔެސް ކޯޕަރޭޓިވް ސޮސައިޓީ ގެ ޗެއަރމަންގެ މަގާމަށް މީހަކު އައްޔަނު ކުރުމަށް ބޯޑުގެ ބައްދަލުވުމެއް ބާއްވަނީ"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ