ހޮޓަލް ހުރިވަރު މިމަސް ނިމުމުން ބަންދު ކުރާނެކަން އިއުލާން ކޮށްފިއެވެ. ދަރަނި ކެޑުމަށް ވެސް އެ އިއުލާންގައި އިލްތިމާސްކުރެއެވެ. ހޮޓާ ހުރިވަރު ހިންގަމުން ގެންދަނީ މޫސަބެ ދެމަފިރިންނާއި އެންމެ ހަގު ދަރިފުޅު ސުހާނާއެވެ. 3 މީހުން ހޮޓާ ހިންގަން ޖެހުމަކީ ބުރަކަމެއް ކަމަށާއި އަޅުކަންތައް ކުރުމަށް މިކަން ހުރަހަކަށް ވާތީވެ ބަންދު ކުރަނީ ކަމުގައި މަރިޔަބު ދައިތަ ގެ ވާހަކައިން އެނގުނެވެ.
އެހެން ނަމަވެސް ކުއްޔައަށް ބަޔަކު ހިފުމަށް ބޭނުން ނަމަ މަހަކު 5000 ރުފިޔާއަށް ދޭނެކަމަށް ހޮޓަލުގެ އޯނާރ މޫސަބެ ބުނެއެވެ.
0 ޚިޔާލު: on "ހޮޓަލް ހުރިވަރު މިމަސް ނިމުމުން ބަންދު ކުރަނީ"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ