Monday, July 5, 2010

ހީލަމާ ބަހީ،،،، ހޭހޭހޭ



ލިޔުނީ؛ މޯޖޯ
އެނގޭ ހެއްޔެވެ؟ ރާއްޖޭގައި އޮތް ހަމައެކަނި "ހައިވޭ" އޮންނާނީ އައިޖީއެމްއެޗް ހޮސްޕިޓަލުގެ ކުރިމަތީގައެވެ. އެމަގު އެހެން ހުރިހާ މަގަކަށްވުރެ އުސްވާނެއެވެ.

މޯބައިލްފޯނަށް އަބަދުވެސް އައިސް ނުނެގިދާނީ އަންހެންކޯލް ތަކެވެ. ވަރަށް ފަސޭހައިން "މިސް ކޯލެކޭ" އެބުނެވެނީ އެހެންވެއެވެ. ދުވަހަކުވެސް "މިސްޓަރކޯލެއް" އައި ވާހަކަ އަޑު އެހިން ހެއްޔެވެ.

ރާއްޖޭގައި ދުއްވާއެއްޗިހި ގިނަވެ ޓްރެފިކް ޖެހޭލެއް ގިނަކަން ހުރިވަރު ވިސްނާލަބަލާށެވެ. މީހަކު ގޭ ފޯނުބިލް ދައްކަން ދިރާގަށް ގޮސް އެނބުރި ގެއަށް އައިމަގުމަތީގައި ޓްރެފިކް ޖެހިޖެހި ގެއަށް އާދެވުނު އިރު ދެވަނަ މަހުގެ ފޯނުބިލް އޮތީ ގެއަށް އައިސްފައެވެ. ހަމައެވަގުތު ނުކުމެގެން ޓްރެފިކު ޖެހެމުން ޖެހެމުން ބައިސްކަލުގައި ދިރާގަށް ދެވުނު އިރު ދީފައިވާ މުއްދަތު ހަމަވެގެން ފޯނުގެ ޚިދުމަތް ވަނީ ކަނޑާލާފައެވެ.

ބައެއް މީހުންނަށް އެމީހުންގެ ކާބަފައިން މާކުރީގައި ކޮށްފައިވާ ކަންތައްތަކާއި އެކަން ކުރި ގޮތްތައް އެނގެއެވެ. އެހެނަސް އެމީހުންނަށް އެމީހުންގެ ދަރިފުޅު އިއްޔެ ރޭ އުޅެފައި އެއައީ ކޮންތަނަކު ކަމެއް ނޭގެއެވ

Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "ހީލަމާ ބަހީ،،،، ހޭހޭހޭ"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ