Monday, July 5, 2010

މާދަމާ ރޭގެ މެޗުތަށް ވާނީ ކިހިނެއްބާ



މާދަމާ ރޭގެ މެޗުތަށް ވާނީ ކިހިނެއްބާ އެވެ.؟ ގިނަ މީހުން ގަބޫލު ކުރާ ގޮތުގައި މާދަމާ ރޭ ޖަރުމަން ބަލިވާނެއެވެ. މިފަހަރުގެ ފައިނަލް ގައި ކުޅޭނެ ކަމަށް އެންމެ ގިނަމީހުން ބުނަމުން މިހާރު ދަނީ ހޮލެންޑާއި ސްޕެއިންނެވެ.
މާދަމާ ރޭގެ މެޗުތަކުގައި މާ އެދެވޭ ތަރުހީބެއް ބެލުން ތެރިންގެ ފަރާތުން ލިބޭނެ ކަމަކަށް އުއްމީދެއް ނުކުރެވެ. އެއީ މިހާރު ބުރެޒިލް އާއި އައިޖެންޓީނާ ކަޓައިފައިވާތީއެވެ.
މިހާރު ވަނީ ބުރެޒިލް ޓީމްގެ ކޯޗުވެސް ވަކިކޮށްފައެވެ. މިކަމައި ގުޅިގެން ލަންދޫގައި ތިބި ސަޕޯޓަރުން ދަނީ އުފާ ކުރަމުންނެވެ.
"6002 ވަނަ އަހަރު ފެށި މަސައްކަތުގެ ނިމުން މިއައީ ދެކުނު އެފްރިކާގައި އޮތް ވޯލްޑް ކަޕުން ބްރެޒިލް ކެޓުމުން. ބްރެޒިލްގެ ގައުމީ ޓީމުގައި މިހާރު އޮތް ޓެކްނިކަލް ކޮމިޝަން ވަކިކުރުމަށް ބްރެޒިލްގެ ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފަ. އާ ޓެކްނިކަލް ކޮމިޝަނެއް ޖުލައި މަހުގެ ފަހުކޮޅު އިއުލާންކުރެވޭނެ،" ބްރެޒިލްގެ ފުޓުބޯޅަ ފެޑެރޭޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި ހޮލެންޑް އަތުން 2-1 އިން ބަލިވެ ބްރެޒިލް ކެޓުމާއެކު ޑުންގާ )ފޮޓޯ( ވަނީ ކޯޗުކަމުގެ މަގާމުން އިސްތިއުފާދޭން ވިސްނަމުންދާ ކަމަށް ބުނެފަ އެވެ.

ބްރެޒިލްގެ މީޑިއާ އިން ބުނާގޮތުގައި ޑުންގާގެ ބަދަލުގައި ބްރެޒިލްގެ ކޯޗުކަމުގެ މަގާމް ހަވާލުކުރުމުގެ ފުރުސަތު އެންމެ ބޮޑީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ބްރެޒިލްގެ ޓީމުގެ ކޯޗަކަށް ހުރި ލުއިސް ފިލީޕޭ ސްކޮލާރީއަށެވެ. އެކަމަކު ބްރެޒިލްގެ ކްލަބެއް ކަމަށްވާ ޕަލްމޭރަސްގެ ކޯޗުކަމުގެ މަގާމުގައި މި ވަގުތު ހުރި ސްކޮލާރީ ބުނީ ކްލަބުގައި މަޑުކުރުމަށް އޭނާ ބޭނުންވާ ކަމަށެވެ. މީގެ އިތުރުން ބްރެޒިލްގެ ކްލަބެއް ކަމަށްވާ ކޮރިންތިއަންސްގެ ކޯޗު މަނޯ މެނޭޒް އާއި އޭސީ މިލާނުގެ ކުރީގެ ކޯޗު ލިއޮނާޑޯ އަދި މި ފަހަރުގެ ވޯލްޑް ކަޕުގައި ބްރެޒިލްގެ އެސިސްޓަންޓް ކޯޗަކަށް ހުރި ޖޯޖީނިއޯ އަކީ ވެސް ބްރެޒިލްގެ ކޯޗުކަން ހަވާލުކޮށްފާނެ ފަރާތްތައް ކަމަށް ބްރެޒިލްގެ މީޑިއާ އިން ބުނެ އެވެ.

Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "މާދަމާ ރޭގެ މެޗުތަށް ވާނީ ކިހިނެއްބާ"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ