Monday, July 12, 2010

ލިޔެސް ގެ ކުރު ފިލުމުގައި ފެނިގެންދާ އަންހެން ބަތަލާއަކީ ބެލުންތެރިންނަށް ސަޕްރައިޒެއް- ބެއްރީ



ލިޔެސް ގެ ކުރު ފިލުމުން ތަފާތު އެތަށް މަންޒަރުތަކަކާއި ހެއްވާ ކަންތައް ތަކެއް ފެންނާނެ ކަމަށް ފިލްމުގެ ޑައިރެކްޓަރ ބެއްރި ބުނުއްވައިފިއެވެ.
މިފިލުމަކީ އެކްސަން ފިލްމެއް ކަމުން އަންހެން ބަތަލާއެއް ހޯދުމުގައި ވަރަށް އުދަގޫވި ކަމަށް އެޑިޓަރ ސިނާން އަބުދުއްލްޣަނީ ( ސިންނޭ) ހެޑްލައިންސް އަށް މައުލޫމާތު ދެމުން ފާހަގަ ކުރިއެވެ.
އެހެން ނަމަވެސް މިހާރު ބަތަލާ އެއް ލިބި ، ފިލްމުގައި ނަގަން ޖެހޭ 2 މަންޒަރެއް ފިޔަވައި ނެގިފައިވާ ކަމަށް ބުންޏެވެ. އެ ދެމަންޒަރަކީ ރޭގަނޑު ވަލްތެރޭގައި ކުޅޭ ދެ މަންޒަރެވެ.
" މިފިލްމުގައި އުޅޭ ބަތަލާގެ ނަން ހާމަ ކުރާނީ 26 ވަނަ ދުވަހުގެ ރޭ ، އެއީ ސަޕްރައިޒެއް " ކަމަށް އެޑިޓަރ ސިނާން އަބުދުއްލްޣަނީ ( ސިންނޭ ) ބުނުއްވިއެވެ. ފިލްމުގެ އެޑިޓަރ ގެ ވާހަކައިން އެނގިގެން ދިޔައީ މިފިލުމުން ތަފާތު އެތަށް ރިއަލް ޝޮޓްތަކެއް ފެނިގެން ދާނެ ކަމުގައެވެ. ކުޑަ ކުދިން ރޮއި މަންޒަރުތައް ފެނުމުން ބެލުންތެރިންގެ ހިތާއި ކުޅެވޭނެ ކަމަގައެވެ.
ލިޔެސްގެ ހުރިހާ އުއްމީދެއް ގުޅިފައި މިހާރު ވަނީ މަސްހޫރު ފިލްމު ޑައިރެކްޓާރ ބެއްރީ އަށެވެ. އޭނާގެ މަސައްކަތުން ލިޔެސް ބޭނުންވާ 1 ވަނަ ލިބޭނެ ކަމާއި މެދު ސައްކެއް ނުކުރެއެވެ.



Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "ލިޔެސް ގެ ކުރު ފިލުމުގައި ފެނިގެންދާ އަންހެން ބަތަލާއަކީ ބެލުންތެރިންނަށް ސަޕްރައިޒެއް- ބެއްރީ"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ