Sunday, July 11, 2010

މަސްހޫރު ފިލްމު ޑައިރެކްޓާރ ފައްތާހު އަށް ދޫނުކުރާ ބެއްރީ އާއި ލިޔެސް އިން ހަވާލު ކޮށްފި




ލިޔެސް އިން ހަދަމުންދާ ކުރު ފިލްމުގެ މަސައްކަތާއި ހަވާލުވެފައިވަނީ ލަންދޫއިން ތައްޔާރު ކުރި ވޯލްކަޕް ލަވަ ކެމެރާކޮށް އެޑިޓްކޮށްފައިވާ މޮޅު އެޑިޓާރ ސިނާން އަބުދުއްލްގަނީ ( ސިންނޭ ) އެވެ. އަދި ސަހީމް އިބުރާހިމް ( ބެއްރި ) އާއި ލިޔެސްގެ ކުރު ފިލްްމް ޑައިރެކްޓް ކުރުމަށް ވަނީ ހަވާލު ކޮށްފައެވެ. މިދެ ތަރިންނަކީ މިހާރު ލަންދޫގައި ކުޅެމުންދާ ހުރިހާ ލަވަތަކެއް ތައްޔާރުކޮށް ބެލުންތެރިން ހެއްވާލުމުގައި އެންމެ އިސް ސަފުގައި ތިބި ކުޅަދާނަ ދެ ފަހުލަވާނުންނެވެ. އެންމެންގެ މަގުބޫލުކަން ލިބެމުން އަންނަ ދެޒުވާނުންނެވެ.
ބެއްރި އަކީ އެކުވެރިކަން ދެމެހެއްޓުމަށް ވަރަށް މަސައްކަތްކުރާ ޒުވާނެކެވެ. ވާހަކަދެއްކުމުގައި ހިތްހެޔޮ ގޮތެއް ހުންނަ މަޖާ މިޒާޖެއްގެ މޮޅު ކީޕަރެކެވެ. ފޯވާޑެކެވެ. ނެށުންތެރިއެކެވެ. ތަފާތު ބަސްބަހުން ވާހަކަ ދެއްކުމަށް މޮޅު ބޭފުޅެކެވެ. ރުޅިއައިސްފިނަމަ ފިސާރި ނޮހޮރުއްޕާން ކުރާ ބޭފުޅެކެވެ.

Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "މަސްހޫރު ފިލްމު ޑައިރެކްޓާރ ފައްތާހު އަށް ދޫނުކުރާ ބެއްރީ އާއި ލިޔެސް އިން ހަވާލު ކޮށްފި"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ