Tuesday, July 13, 2010

އުމުރުގެ ހުރިހާ ދުވަސްވަރެއްގައި ވެސް ރަހުމަތްތެރިން ތިބުމުގެ މުހިންމުކަން ކިތަންމެހާ ވެސް ބޮޑު



ޒުވާން ދުވަސްވަރު ނިމި ކައިވެނީގެ ޙަޔާތް ފެށުމުން އެމީހެއްގެ ދިރިއުޅުމަށް ވަރަށް ބޮޑެތި ބަދަލު އާދެ އެވެ. އަދި ގެންނަން ވެސް ޖެހެ އެވެ. ކައިވެނީގެ ހަޔާތްފެށުމުން އެމީހެއްގެ ދިރިއުޅުން އެންމެބޮޑަށް ލާމެހިގެން ވާނީ އެމީހެއްގެ ބައިވެރިޔާއާ އެކުގަ އެވެ. އަދި ދެ މީހުންގެ އާއިލާއާއެކުގަ ވެސް މެ އެވެ. އެހެންކަމުން ޒުވާންއިރުއްސުރެ އެކުގައި އުޅުނު ރަޙުމަތްތެރިންނާ އެކު ބާއްވަމުން އައި ގުޅުން ކުރިއެކޭ އެއްގޮތަށް ބޭއްވުމުގައި ގިނަމީހުންނަށް އުނދަގޫވެ އެވެ. އާދެ! އިހަށް ދާހާ ގިނައިން ރަޙުމަތްތެރިންނާއެކު ކޮފީ ބޯލަން ނުވަތަ ބުރެއްޖަހާލަން ނުވަތަ ހިނގާލާކަށް މިހާރު ނުދެވޭތީ ޝަކުވާ ކުރެވެ އެވެ. އަނެއްކާ ދެން މާ ގިނަ ދުވަސްތަކެއް ނުވަނީސް ގިނަމީހުންނަށް ކުއްޖަކު ލިބި ޅަދަރިމައި ވެދާނެ އެވެ. ރަޙުމަތްތެރިންނާއެކު ހޭދަ ކުރާނެ ވަގުތު ދެން ނުލިބެ އެވެ. ގިނަފަހަރަށް ފިރިހެނަކަށް ވުރެ އަންހެނަކަށް ވަގުތު ހޯދުން އޮންނަނީ ދަތިވެފަ އެވެ. މިހެން މިހެން ގޮސް ގިނަބަޔަކަށް ކުރީގެ ރަޙުމަތްތެރިންނާ މުޅިންހެން ގުޅުން ކެނޑެނީ އެވެ.
މިއީ އެތައް ބައެއްގެ އަދި އަޅުގަނޑުގެ ވެސް ތަޖުރިބާ އެވެ. މިހާރު ވެސް ސްކޫލު ދައުރުގެ ރަޙުމަތްތެރިން ކޮޅެއްގެ މެދުނުކެނޑި އޮތް ގުޅުމެއް އޮވެ އެވެ. މި ގުޅުމަށް 05 ހަކަށް އަހަރު ވަނީ އެވެ. ނަމަވެސް ހަމަ ޒުވާން ދުވަސްވަރެކޭ އެއްގޮތަށް އެކުގާ މަޖާކޮށް ހެދެ އެވެ. ދާދި އެއްކަހަލަ ވިސްނުމެއްގައި ޚިޔާލު ބަދަލު ކުރެވެ އެވެ. އުފާ ވަގުތު ހޭދަ ކުރެވެ އެވެ. އެކަކު އަނެކަކުގެ ހިތާމައިގާ ބައިވެރިވެ ހިތްވަރުދެ އެވެ. އެކަނިވުމުގެ ފުރުސަތު ކުޑަވެ އެވެ. އެހެންކަމުން އުމުރުގެ ހުރިހާ ދުވަސްވަރެއްގައި ވެސް ރަހުމަތްތެރިން ތިބުމުގެ މުހިންމުކަން ކިތަންމެހާ ވެސް ބޮޑެވެ.

Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "އުމުރުގެ ހުރިހާ ދުވަސްވަރެއްގައި ވެސް ރަހުމަތްތެރިން ތިބުމުގެ މުހިންމުކަން ކިތަންމެހާ ވެސް ބޮޑު"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ