
ލަންދޫ ސުކޫލުން ހަދަމުންދާ ކުރު ފިލްމުގެ މަސައްކަތާއި ހަވާލުވެފައިވަނީ މިހާތަނަށް ލަންދޫގައި ކުޅުނު އެންމެ ފެންވަރުގެ ތަމްސީލް ޑައިރެކްޓް ކޮށްފައިވާ އަހުމަދު ދާއޫދެވެ. މިފިލްމު ކެމަރާކޮށް އެޑިޓްކުރަނީ ލަންދޫ އުފެދުނު އެންމެ ކުރިއޭޓިވް އާޓިސްޓް އަބުދުއްﷲ އިބުރާހިމް ( ޒީރޯ) އެވެ. ޒީރޯޔަކީ "ފުރަތަމަ ފިޔަވަޅު" ލަވަ ސީޑީ ކެމަރާކޮށް އެޑްޓިޓްކޮށް ނެރެފައިވާ ފަރާތެވެ. އެތަށްބަޔެއްގެ ސަމާލުކަން ހޯދި މިލަވަތަކުން އަސްލު ޒީރޯގެ ފެންވަރު ފެނިގެން ދިޔައެވެ. ކުރުކޮށް ބުނަނީނަމަ އޭނަޔަކީ މިއަތޮޅުގައިވެސް ނެތް ފެންވަރުގެ އާޓިސްޓެކެވެ.
މިހާރު ޖުލައި 26 އަށް ތައްޔާރު ކުރާ ސުކޫލު ގެ ކުރު ފިލުމުން ތަފާތު އެތަށް ހަގީގީ މަންޒަރުތަކަކާއި ހެއްވާ ކަންތައް ތަކެއް ފެނިގެންދެވެ.
މިކުރު ފިލްމުގެ %90 މިހާރު ވަނީ ޝޫޓް ކޮށް ނިމިފައެވެ. މިފިލުމުން ދައްކައިދެނީ ރާއްޖެ އަށް އައި ޕޯޗްގީޒުންގެ ކަންތައްތަކާއި އެހަރާއި މިހާރެވެ. އެދުވަހުގެ އަނިޔާވެރި ކަމެވެ. މިފިލްމުގައި ޖުމްލަ 32 ވަރަކަށް މީހުން ފެނިގެން ދެވެ.
ލަންދޫސުކޫލުގެ މުވައްޒަފުންގެ އިތުރުން ލިޔެސްގެ ދަނޑުވެރިންނާއި ބައެއް ޒުވާނުން ބައިވެރިވެފައިވެއެވެ.
0 ޚިޔާލު: on "މިފަހަރުގެ ކުރު ފިލްމުތަކުން އެންމެ ގިނަ އަނަހެނުން ފެނިގެންދާނީ ލަންދޫސުކޫލުގެ ކުރުފިލްމުން"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ