
ލަންދޫ ސުކޫލުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ގުރުއާން މުބާރާތް މިއަހަރުގެ ރަމަޟާން މަހު އޮންނާނެވެ . އެކި ގުރޭޑްތަކަށް ބަހައިލައިގެން ކުރިއަށް ގެންދާ މިމުބާރާތުގައި ބައިވެރިވުމަށް މިހާރު ދަނީ ކުދިން ނަން ނޯޓް ކުރަމުންނެވެ.
ކުދިންގެ ހިތްތަކުގައި ޤުރުއާނަށް ލޯބިޖައްސާ ކީރިތިޤުރުއާނަށްދޭ ސަމާލުކަން މިހާރަށްވުރެ އިތުރުކުރުމުގެ މާތް މަޤްޞަދުގައި ބާއްވަންމިއުޅޭ ޤުރުއާން މުބާރާތް އޮންނާނީ މިއަންނަ ރަމަޟާން މަހުގެ ކުރީކޮޅެވެ.
ލަންދޫސްކޫލުން ބާއްވާ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހުގެ ތާރީޚަކީ 1 އޮގަސްޓް 2010 ވާ އާދިއްތަދުވަހުގެ 12:00 ކަމުގައި އެސްކޫލުން ބުނެއެވެ.
0 ޚިޔާލު: on "ލަންދޫ ސުކޫލުން ބާއްވަމުން އަންނަ ގުރުއާން މުބާރާތް މިއަހަރުވެސް"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ