Friday, July 16, 2010

ލަންދޫގައި މިހާތަނަށް ބޭއްވޭނެ އެންމެ ފެންވަރު ރަގަޅު ގުރުއާން މުބާރާތް




ލިޔެސް ގުރުއާން މުބާރާތް 2010 މިއަހަރުގެ ރަމްޟާން މަހުގެ ފަހު ކޮޅު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ހުރިހާ ޢުމުރު ފުރާއަކަށް ބައިވެރި ވެވޭގޮތަށް ހުޅުވާލެވި ފައި މިވާ މުބާރާތަށް ޖަޖުންގެ ގޮތުގައި ރަގަޅު ފެންވަރެއްގެ ބަޔަކު ހޯދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އިސްލާމިކް މިނިސްޓުރީގެ އެހީ ހޯދުމަށް ދަނީ ތަފާތ މަސައްކަތް ކުރަމުންނެވެ.
މިމުބާރާތް ބޭއްވުމުގެ މަގުސަދަކީ ކީރިތި ކީރިތިޤުރުއާނަށްދޭ ސަމާލުކަން މިހާރަށްވުރެ އިތުރުކުރުމާއި މަޙުރަޖަށް ގުރުއާން ކިޔެވުމަށް ބާރު އެޅުމެވެ.
ލަންދޫގައި މިހާތަނަށް ބޭއްވޭނެ އެންމެ ފެންވަރު ރަގަޅު މުބާރާތުގެ ގޮތުގައި މި ގުރުއާން މުބާރާތް ހަދައިދެއްވުމަށް ލިޔެސްގެ ހިންގުން ތެރި ރައީސް ހަފްސި އަބުދުއްﷲ ވަނީ ހިންގާކޮމެޓީގެ މެމްބަރުންނަށް ގޮވާލާފައެވެ.
މިމުބާރާތުގެ ވަނަ ތަކަށް ދާ ފަރާތްތަކަށް ވަރަށް އަގުބޮޑެތި އިނާމްތައް ދޭގޮތަށް ހިންގާކޮމެޓީގެ މިއަހަރުގެ 14 ވަނަ ބައްދަލުވުމުން ބަނީ ނިންމާފައެވެ.

Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "ލަންދޫގައި މިހާތަނަށް ބޭއްވޭނެ އެންމެ ފެންވަރު ރަގަޅު ގުރުއާން މުބާރާތް"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ