ލަންދޫގެ އެކި ގޭގެއިން 16 އަހަރުން ދަށުގެ ކުޑަކުދިން ދަނީ ތަފާތު އެކިއެކި ވައްކަންތައް ކުރަމުންނެވެ. ގޭގޭ ފަޅައި ފައިސާ ނަގަމުންނެވެ. ލަންދޫން ކުރަމުންމިދާ ވައްކަންތަކުގެ ފުރިހަމަ ޒިންމާނަގަން ޖެހޭނެ ފަރާތްތަކަކީ އެކުދިންގެ ބެލެނިވެރިންނެވެ. ދަރިން ތަކެއް ހޯދައިފައި އަޅައިނުލުމުގެ ސަބަބުން މިކަހަލަ އެތަށް ނޭދެވޭ ކަންކަމެއް މިދަނީ އަޅުގަނޑުމެންގެ މުޖުތަމާއު އިން ފެންނަމުންނެވެ.
އިސްލާމީނަޒަރަކުން ކުދިން ތަރުބިއްޔަތު ކުރުމަކީ އިސްލާމީ ކޮންމެ މުޖުތަމައެއްގެވެސް އެންމެބޮޑު ސަމާލުކަމާއި އިސްކަން ދޭންޖެހޭ ކަމެއްކަން ކަށަވަރެވެ. މިކަމަކީ ކޮންމެ އިސްލާމީ ފަރުދަކު ދެބަސްވާނެ ކަމެއްނޫނެވެ. މިގޮތުން ކޮންމެ އިސްލާމީ މަންމަ އަކާއި ބައްޕަ އަކުވެސް އެދޭނީ ތިމާގެ ދަރިފުޅަށް އެމީހުންނަށް ވީ އެންމެ ރަނގަޅު ތަރުބިއްޔަތެއް ދިނުމަށެވެ. މިއީ ކޮންމެ މުސްލިމު ޖަމާޢަތެއްގެ އަސާސްކަމަށްވާހިނދު މިކުޑަކުޑަ އިސްލާމީ ޖަމާއަތުގައި މިދެންނެވި އަސާސްގެ މަތީގައި ކުދިން ތަރުބިއްޔަތު ކުރަމުންދަނީކިތައްބެލެނިވެރިންތޯއެވެ. މިކަމަކީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މަންމަ އަކާއި ބައްޕަ އަކު ވެސް މިއަދު ވިސްނާލަންޖެހޭ ނުކުތާއެކެވެ.
ތަރުބިއްޔަތު ކުރުމަށްޓަކައި އަދަބު ދިނުމުގެ ޝަރުޡުތަކުގެ ތެރޭގައި ހުރިހާ ވަސީލަތެއްގައި ހިފައި ކާމިޔާބެއް ނުލިބުމުން މެނުވީ އަދަބު ނުދިނުމާއި ރުޅިއައިސްފާ ހުރެ ނުޖެހުމާއި ގެއްލުމެއްލިބިދާފަދަ ތަނެއްގައި ނުޖެހުން މާއި ފުރަތަމަ ކުށްކޮށްފިނަމަ އޭނާ އިސްލާހުވާން ފުރުސަތު ދިނުމާއި މިފަދަކަންތައްތައް ހިމެނޭއެވެ. މިފަދަ ތަރުބިއްޔަތަކުން
އަޅުގަނޑުމެންގެ ދަރިން ތަރުބިއްޔަތު ކުރެވިފައިވީނަމަ މިފަދަ ދަށު ދަރަޖައަކަށް މިއަދު އަޅުގަނޑުމެންގެ ދަރީން ނުދާނެއެވެ.
0 ޚިޔާލު: on "ބެލެނިވެރިންގެ ޒިންމާ އަކީ ހަމައެކަނި ކުދިން ހެދުމެއްނޫން - ޒިންމާ ރަގަޅަށް އުފުއްލަވާ"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ