
ކޭޑީ ގުރޫޕާއި ޑީކޭ ގުރޫޕު ހެދިގޮތަށް އަނެއްކާވެސް ލަންދޫގައި އިތުރު ކުޑަ ގުރޫޕެއް ހަދައިފިއެވެ. ލިޔެސް އާއި ގުޅުވައިގެން ހަދައިފައިވާ '" ފިޔެސް " ގުރޫޕުގެ ރައީސް އަކީ ލިޔެސްގެ ފުރަތަމަ ރައީސްގެ އެއްބަނޑު އެއްބަފާ ކޮށްކޮ ހަސަން ( ދަޅޭ ) އެވެ. މިކުދިންގެ އޮފީހަކީ ބޭސޮރުގެ ގެޔެވެ.
ފިޔެސް " ގުރޫޕުގެ ރައީސް ހަސަން ( ދަޅޭ ) ވާހަކަ ދައްކަމުން ބުނީ މިގުރޫޕު ހެދުމުގެ ބޭނުމަކީ ފުޓްބޯޅަ ލީގެއް އަމިއްލަ އަށް ހިންގުންކަމަށެވެ. އެގޮތުން މިހާރު ވަނީ ލީގެއް ފަށާފައެވެ. ޖުމުލަ ބަޖެޓުގައި މިހާރު 400 ރުފިޔާ ހުރިކަމަށްވެސް ހަސަން ފާހަގަ ކުރިއެވެ.
0 ޚިޔާލު: on "ލަންދޫގައި އަނެއްކާވެސް ފާޑެއްގެ ޖަމްއިއްޔާ އެއް ހަދައިފި"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ