
"ވަތަން" ގެ ފިލުމުން މަޝްހޫރު ވެގެންދިޔަ ސާލިމުއަކީ އެންމެ ފަހުން ފިލްމީ ދާއިރާއަށް އިތުރުވި ތަރިއެވެ. ސާލިމުގެ އެ ފިލުމުން އެނާ ވަނީ މި ދާއިރާ-ގައި ފައިތިލަ ސާބިތު ކޮށްފައެވެ. އަދި އޭނާ އަކީ މިދާއިރާއަށް ސުކޫލު ނުނިންމާ އެންމެފުރަތަމަ ވަން ލިޔެސްގެ ވަތަންގެ ބަތަލާއެވެ. މިފަހަރު ކލިބުނު ތަރުހީބުގެ ސަބަބުން ސާލިމުގެ ގެ ހިތުގައި ވަނީ މިދާއިރާއަށް ޝަޢުގު އުފެދިފައެވެ. އެހެންވެ ހެޑްލައިންސްގެ ފަރާތުން އޭނާއާއި ވާހަކަ ދައްކާ ދީފައެވެ.
ފިލްމީ ދާއިރާއަށް ސާލިމު ތިވަނީ މިދާއިރާއިން އިތުރަށް ކުރިއަށް ދިއުމަށް ނިންމައިގެން ތަ؟
ކުޑައިރުއްސުރެ މިދާއިރާއަށް ޝަޢުގު ހުރޭ. ލަވައަކަުން ނަމަވެސް މިހާރު މިދާއިރާއަށް މި ވަދެވުނީ. ހިޔާލު ކުރަނީ މިދާއިރާއިން ކުރިއަށް ދާން.
ގިނަ މީޙުން ފިލްމީ ދާއިރާގައި މަސައްކަތް ކުރަނީ ހޮބީއެއްގެ ގޮތުގައި. ނޫނީ ދެވަނަ މަސައްކަތެއްގެ ގޮތުގައި. ސާލިމު ޙިޔާލު ކޮށްފައި އޮތީ ކޮންގޮތަކަށް؟
އަޅުގަނޑުވެސް މިދާއިރާގައި އުޅެން ބޭނުންވަނީ ހޮބީއެއްގެ ގޮތުން. އެއީ ދޯންޏެއް އެހެލިޔަސް ، ބަޔަކު ތަނަކަށް ފުރިޔަސް އަހަރެން ބަދަރުގައި ހުންނަންޖެހޭ. ލިބޭ ހުސްވަގުތުގައި ފިލްމީ ދާއިރާއިން ކުރިއަށް ދާގޮތަށް ނިންމައިގެން ހުރީ.
ފުރަތަމަ ކެމެރާގެ ކުރިމައްޗަށް ނުކުތް ވަގުތު ކޮންކަހަލަ އިސާސްތަކެއް ކުރެވުނީ ؟
މާކަބޮޑު އިހުސާސްތަކެއް ނުކުރެވޭ. ތައްޔާރުވެގެން ދިއުމުން މާބޮޑު މައްސަލައަކަށް ނުވޭ. އަދި ސަހީމު އާއި ސިންނޭ ވަރަށް ހެލްޕްވި. ހެދުން ލެއްވީ ވިސް ސަހީމް. ' " އޭނަ ވަރަށް ގޯސްވާނެ. އަބަދު އުޅޭނީ ......."
ސާލިމުގެ ފުރަތަމަ ފިލުމުަ ގިނަބަޔަކަށް ފެނިގެން ދިޔަތާ އަދި މާގިނަދުވަހެއް ނުވޭ. ކީކޭ އެފިލުމާއިމެދު ލިބުނު ކޮމަންޓަކީ؟
ވަރަށްގިނަ ރައްޓެހިން ގުޅާފައި ހިތްވަރު ދިން. ބައެއްމީހުން ގުޅާފައި އާކުއްޖަކާ ބަލާފައި ވަރަށް ރަނގަޅޭވެސް ބުނި.
ފިލްމީ ދާއިރާއިން ކުރިއަށް ދިއުމަށް މަސައްކަތް ކުރާ މީހެއްގެ ހައިސިއްޔަތުން އެންމެ ބޮޑަށް އިސްކަމެއް ދެނީ ކޮންކަމަކަށް؟
އަބަދުވެސް މިދައްކަނީ ފިލްމީ ތަރިންގެ އަހުލާގު ދަށްވާހަކަ، އެމީހުން އުޅެމުން ގެންދާ ގޮތުގެ ވާހަކަ. އަޅުގަނޑު އެންމެ މުހިއްމު ކަމެއްދެނީ ޑިސިޕްލިންއަށް. އަދި ގިނައިން ބޭރުތެރޭގައި އުޅުމަކީވެސް އަޅުގަނޑު ބޭނުންވާ ގޮތެއްނޫން.
ކުރިއަށް އޮތްތާނގައި ފިލްމަކުން ފެނިދާނެތަ؟
ފަހަރެއްގައި ފެނިދާނެ. އެކަމަކު ބޮޑަށް ކުޅޭހިތްވަނީ ލަވަތައް. ގިނައިން ފެންނާނީ ލަވަތަކުން އެއީ ކުޑައިރުއްސުރެ ނެށުމަށް ޝައުގު ހުންނާތީ.
ނިންމާލަމުން އަހާލާހިތްވޭ. ދެން އެންމެ އަވަހަށް ފެންނާނީ ކޮންފިލުމަކުންތޯ ؟
" ލޭކަރުނަ އޮހިގެން ހަސަނުގެ ފައިބުޑަށް ގޮރު "ގެ ވީސީޑީގައި ހިމެނޭ ދެލަވައެއް މިހާރު ވަނީ ކުޅެފައި. އެދެލަވަ ވަރަށް އަވަހަށް ފެންނާނެ.
0 ޚިޔާލު: on "ދެން އެންމެ އަވަހަށް ފެންނާނީ " ލޭކަރުނަ އޮހިގެން ހަސަނުގެ ފައިބުޑަށް ގޮރު" - ސާލިމު"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ