
ލިޔެސް ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލްފާޟިލް މަޖުދުﷲ ޢަބުދުއްރައްޒާޤް ( މަޖޫ ) މާފަރު މެޗުން ފެންނާނެ ކަމުގައި ހާމަކޮށްފިއެވެ. 26 މެޗު ކުޅުމަށްފަހު އިންޖަރީގައި ހުރި މަޖޫ ބުނީ އެމެޗަށް ފިޓްވާނެ ކަމަށެވެ. ޕޯޗްގަލް ޓީމަށް ސަޕޯޓުކުރަމުންދާ މަޖޫ މާފަރާއި ބައްދަލު ކުރާއިރު ޓީމުގައި ހުރުން ވަރަށް މުހިއްމު ވާނެވެ. ތަޖުރިބާކާރު ކުޅުންތެރިން ތިބެން އެބަ ޖެހެއެވެ.

މަޖޫ އަކީ ލަންދޫގެ ފުޓްބޯޅައަށް ތަފާތު އެހީތައް ވެދެއްވާފައިވާ ކުޅުންތެރި އެއްގެ އެކެވެ.
މިއަދު ލިޔެސްގެ ފުލްޓީމްގައި ހިމެނޭ ތަޖުރިބާ ކާރު ކުޅުންތެރިއެއްގެ ގޮތުން މަޖޫ އަންނަނީ ޒުވާން ކުޅުންތެރިންނަށް ރަނގަޅު ނަމޫނާއެއް ދައްކަަވަމުންންނެވެ. ދަނޑުމަތީގައި ވަރުބަލި ވުމެއްނެތި މަސައްކަތް ކުރއްވާ އަޙްލާޤް ރަނގަޅު ކުޅުންތެރި އެއްގެ ގޮތުގައެވެ.
0 ޚިޔާލު: on "މާފަރު މެޗުން ޕޯޗްގަލުގެ މަޖޫ ފެންނާނެ"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ