ކަންކަމުގައި އަވަސްވެ ނުގަންނާށެވެ! ޢަރަބިން އެއަށް ކިޔަނީ “ހިތާމައިގެ މަންމަ” އެވެ. ސަބަބަކީ، އަވަސްވެގަނެގެން ކަންކުރާ މީހާ:-
- އެނގުމުގެ ކުރިން ބުނާނެ އެވެ.
- ވިސްނުމުގެ ކުރިން ޖަވާބު ދޭނެ އެވެ.
- ފިކުރު ކުރުމުގެ ކުރިން އަޒުމް ކަނޑައަޅާނެ އެވެ.
- މިން އެޅުމުގެ ކުރިން ކަނޑާ ނިންމާލާނެ އެވެ.
- ތަޖުރިބާ ކުރުމުގެ ކުރިން ސަނާ ކިޔާނެ އެވެ.
- ހެޔޮކަން އެނގުމުގެ ކުރިން އެއްޗެހި ކިޔާ ނިންމާލާނެ އެވެ.
ވީމާ މިިސިފަ ހުންނަ މީހެއްެގެ އެންމެ ގާތް އެކުވެރިއަކީ “ހިތާމަ” އެވެ.
0 ޚިޔާލު: on "ހިކްމަތްތެރި ބަސްކޮޅެއް"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ