
މަސްދަޅު އަގުހެޔޮ ކޮށްފިއެވެ. މިކަމުގެ ސަބަބުން އަގުހެޔޮކޮން މަސްދަޅު ލިބެނީ މާލޭގައި ދިރިއުޅޭ މީހުންނަށެވެ. އަތޮޅުތަކުގައި ދިރިއުޅޭ މީހުންނަށް މަސްދަޅު ލިބޭނީ ކުރިން ހުރި އަގުގައެވެ. ސަބަބަކީ ރަށްރަށް ގެންދަންބޭނުންވާ ގިނައަދަދެއްގެ މަސްދަޅު މިހާރު ހުރީ ރަށްރަށަށް ގެނެސްފައެވެ. ނުވަތަ ގެންދިއުމަށްޓަކައި ބޯޓްތަކަށް ބަރުކޮށްފައެވެ. އެހެންކަމުން އަތޮޅުތަކުގައި ދިރިއުޅޭމީހުންނަށް މިއީ ވަރަށް ބޭއިންސާފް ނިންމުމެއް ކަމަށްވާނެއެވެ. އާންމުކޮށް ރޯދަމަހު މާލެ ދަތުރު ނުކުރާ ވަރަށް ގިނަ ރަށްތައް ހުންނާނެއެވެ. އެހެންކަމުން ރޯދަމަހު ވިއްކާ އަގުހެޔޮމަސްދަޅު އެބައިމީހުންނަށް ނުލިބޭނެއެވެ. ރައީސް ނަޝީދުގެ ހެޔޮފުޅުކަމުން ތިޔަކަން ކުރައްވަނީ މާލޭމީހުންނަށް ޓަކައެވެ. އެހެން ނުހައްދަވާށެވެ. މަނިކުފާނު ހޮއްވެވުމަށް ވޯޓްދެއްވީ މާލޭމީހުން އެކަންޏެއްނޫނެވެ. އަޅުގަނޑުމެންވެސް ވޯޓްދިނީމެވެ. އެހެންކަމުން މަނިކުފާނުގެ ދީލަތިކަމުން ދެއްވާ އެއްޗެއް ވިއްޔާ އަޅުގަނޑުމެންނަށްވެސް ލިބޭނެ މަގު ތަނަވަސްކޮށް ދެއްވާށެވެ.
ނިކަން ބައްލަވާށެވެ. ރޯދަމަސްފެށެން 10 ވަރަކަށް ދުވަހަށް ވުމާއި އެކު މަހުގެ އަގު ކޭހަކުން ސަތޭކަ ރުފިޔާ ބޮޑުކޮށްފާ ހަމަ އެސަތޭކަރުފިޔާ ރައީސުގެ ހެއުފުޅުކަމުން ކުޑަކޮށްފީމޭ ބުނާއިރު ކުޑަވިއެއްޗެއް ހަމަވިސްނަ ވިސްނާ ނުވިސްނެވެ. އެމަނިކުފާނު ހެއުފުޅުކަމުން 500 ރ ކޭހަކުން ބުޑުކޮށްފާ އެ ފައްސަތޭކަ ކުޑަ ކުރިނަމަ އަދި މާބޮޑަށް ހެއުފުޅު ވީސްކަޔަގީނެވެ.
0 ޚިޔާލު: on "އަތޮޅުތަކުގައި ދިރިއުޅޭ މީހުންނަށް މަސްދަޅު ލިބޭނީ ކުރިން ހުރި އަގުގަ"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ