
އަހަރެމެން ތެރޭގައި ނަމާދަށް ސަފު ހެދުމުގައިވެސް ހިޔާލު ތަފާތު އެތަށް ބަޔެއް އެބައުޅެވެ. މިމީހުންނަށް ވިސްނައިދޭން މަސައްކަތް ކުރާމިޙުންނެއް މަދެއްނޫނެވެ.
ނަމާދުގައި ސަފުހެދުން ސުންނަތް ގޮތަކީ: އިމާމު މީހާ ސަފުގެ މެދަށް ވާ ގޮތަށް، މައުމޫމުން އިމާމުގެ ދެ ފަރާތަށް ގާތްގަނޑަކަށް އެއްވަރުވާ ގޮތަށެވެ. މިގޮތަށް ފުރަތަމަ ސަފު ފުރައި ފުރިހަމަ ކުރުމަށްފަހުގައި ދެވަނަ ސަފު ފަށާނީ ހަމަ އިމާމާއި ދިމާލުން ދެފަރާތަށެވެ. ހުރިހައި ހެޔޮކަމެއްގައި ކަނާއަތް އިސް ކުރަން ޖެހޭ ފަދައިން ސަފުހަދަމުން ދާއިރު އިސްކަން ދޭނީ ކަނާއަތް ފަރާތަށެވެ. ކަނާއަތް ފަރާތުގައި މީހަކު ނުވަތަ މީހުން އިތުރަށް ތިބިނަމަ އެދެވިގެންވަނީ ވާއަތް ފަރާތަށް އެރުމެވެ. އިތުރު އެކަލޭގެފާނުން އަމުރު ކުރައްވާފައިވަނީ އެފަދައިންނެވެ.
0 ޚިޔާލު: on "އަހަރެމެން ތެރޭގައި ނަމާދަށް ސަފު ހެދުމުގައިވެސް ހިޔާލު ތަފާތު އެތަށް ބަޔެއް އެބައުޅެވެ"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ