
ފެށިގެން މިދަނީ ބަރަކާތްތެރި ރޯދަމަހުގެ ދުވަސްތަކެވެ. ފާފަފުއްސެވުމާއި, ރަޙްމަތްލެއްވުމާއި ނަރަކައިން މުއްތި ކުރެއްވުމުގެ މައްސަރެވެ, ވޭތުވެދިޔަ ދުވަސްތަކުގައި ތިމާއަށް ކުރެވިފައިވާ ކަންތައް މުރާޖަޢާކުރުމަށްޓަކައި ނަފްސާއެކު ޙަލްވަތަށް ދާންވީ ދަނޑިވަޅެވެ. ތިމާއަށް ދެއްވާފައިވާ ފެނުމާއި އިވުމާއި އަދި ހިތަކީ ވެސް އެއާމެދު ތިމާ ޒިންމާވާންޖެހޭ ތަކެތިކަން ދަނެ, ނަފްސު މުޙާސަބާކުރުމަށެވެ. ރޯދައިގެ މަތިވެރި ޠަރުބިއްޔަތުން ތަރުބިއްޔަތު ލިބި, ޤުރުއާނުގެ ރޫޙުން ދިރުން ލިބިގެން މުޅިން އާމީހަކަށްވުމަށެވެ.
އެހެނީ, ﷲގެ ޙަޟްރަތުން ދަރުމަޔާއި ސަވާބަށް އެދިގެން ރޯދަހިފައިފި ކޮންމެ މުއުމިނެއްގެ އިސްވެދިޔަހާ ފާފަފުއްސެވާނެ ކަމުގައި ކީރިތި ރަސޫލާ ވަނީ އިރުޝާދު ދެއްވާފައެވެ. ރޯދައިވެރިންގެ ފާފަފުއްސެވުމަށް މަލާއިކަތުން ﷲގެ ޙަޟްރަތުން އެދިވަޑައިގަންނަވާއިރު, ރޯދައިގެ ދަރުމައަކީ ޚާއްޞަ ގޮތެއްގައި އެކަލާނގެ ފާހަގަ ކުރައްވާ ދަރުމައެވެ. ވީއިރު, ރޯދަމަސް އެއްވެސް ބުއްދިވެރިޔަކު ބޭކާރުކޮށްލާނެ ހެއްޔެވެ؟
0 ޚިޔާލު: on "ﷲގެ ޙަޟްރަތުން ދަރުމަޔާއި ސަވާބަށް އެދިގެން ރޯދަހިފައިފި ކޮންމެ މުއުމިނެއްގެ އިސްވެދިޔަހާ ފާފަފުއްސެވާނެ"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ