
މިކައިރި ކުރަނީ " މީ މިހާރު އާއްމު ކަމެކެވެ. ލަސްވެގެން ނައިސް ގިނައިރު ވާއިރަށް ގުޅާލުމުން ބުނަނީ މިކައިރި ކުރާ ވާހަކައެވެ. އޭރު އޭނާ އޮތީ އަނބި މީހާ ކައިރީގައި ނުވްތަ ފާހާނައިގަ ކަމުގައި ވިޔަސް މެވެ.
ގަޑިއަށް ހުރުމަތްތެރިކޮށް ހިތުމަކީ މީހުންގެ ކުރިމަތީގައި ތިމާގެ އިތުބާރާއި އަގު ހިފެހެއްޓުމުގައި ވަރަށް މުހިއްމު ރޯލެއް އަދާ ކުރާ ކަމެއްކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. އެހެނަސް ދިރިއުޅުމުގެ ބައެއް ކަންތައްތައް ހުންނަ ގޮތުން “ގަޑިޖެހިގެން ހާޟިރުވާ މިހާ” ގެ ލަދުވެތި ލަޤަބް ޙާސިލް ކުރަން ޖެހިފައިވާ މީހުން އަޅުގަނޑުމެންގެ ތެރެއިން އަދިވެސް މަދުން ނަމަވެސް ފެންނަމުން ދެއެވެ.
ތިބާއީ އަބަދުވެސް ގަޑިއަށް ކޮންމެތަނަކަށްވެސް ހާޟިރުވާ ގަޑިއަށް ޚާއްސަ އަހަމިއްޔަތު ކަމެއް ދޭ ފަރާތެއް ނަމަ އެއާ ޚިލާފަށް ގަޑިޖެހިގެން ނުވަތަ ވަގުތު ކުޑަތަންވާ ފަހުން ހާޟިރުވަނީ ކިހާ މީހުންނެއްކަން ފާހަނގަ ކުރެވި ބައެއް ހާލަތްތަކުގަ އެކަމާ ތިބާއަށް އުދަގޫ އިހްސާސް ވުން ވެސް އެކަށީގެންވެއެވެ. އެހެންނަމަވެސް، އެ ލަހުން ހާޟިރުވާ މީހާއަކީ ޚުދު ތިބާ ކަމުގައިވުންވެސް ދުރެއް ނޫނެވެ. ޚާއްސަކޮށް އަމިއްލަ އަށް ކަންތައް ކޮށް ނޫޅެވޭ ވަރުގެ ކުއްޖެއް ނުވަތަ ކުދިންތަކެއް ބެލުމުގެ ޒިންމާ އުފުލަމުންދާ މަންމަ އެއް ނަމައެވެ.
0 ޚިޔާލު: on "މިކައިރި ކުރަނީ"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ