Friday, August 27, 2010

މިފަހަރުގެ އީދުގައި ސުޓޭޖު ސޯ ނޯންނާނެ




ބޮޑުބެރު ޖެހުމަކީ އޭރު ލަންދޫގައި އެންމެ ފޯރީގައި ކުޅޭ އެއް ކުޅިވަރެވެ. ލަންދޫ އަކީ ޒަމާނި ތަފާތު ކުޅިވަރުތައް ކުޅެއުޅޭ ރަށެކެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ 1990 ގެ ފަހުގެ އަހަރުތަކުން ފެށިގެން ކުޅެމުން އަންނަ ތަމްސީލުކުޅުމެވެ. ތަމުސީލުކުޅުމުގައި އޭރަކު ރަށުގައި ހުންނަ އިޖުތިމާއީ ތަފާތު މައްސަލަތަކާ ގުޅޭ ތަމްސީލުތައް ކުޅެއެވެ. ވަރަށް މަޖާ ތަމްސީލުވެސް ވަނީ ކުޅެފައެވެ. މިކަން އޮންނަނީ އީދުގައެވެެ.
ތަމްސީލުގެ އިތުރުން ޒަމާނީ މިޔުޒިކު ކުޅުންވެސް އޭރު އޮތެއެވެ. އެގޮތުން ލަންދޫ ޒުވާނުންގެ ޖަމުއްޔާގެ ލެޒާޖު ބޭންޑު ފާއްހަގަ ކޮށްލަމެވެ.
މިފަހަރުގެ އީދުގައި މީގެ އެއްވެސް ކަމެއް ނެތްކަމީ އީދު ފަޅު އީދަކަށް ވާނެ ކަމާއި މެދު ސައްކެއް އޮތް ކަމެއް ނޫންނެވެ. ގިނަ މީހުން މިފަހަރުގެ އީދު ފާހަގަ ކުރުމަށް ބޭރު ރަށް ރަށަށް ދިޔުމަށް މިހާރު ވަނީ ނިންމާފައެވެ.
ދީނީ ގޮތުން ރަގަޅު ކަމަކަށް ނުވާތީވެ ގިނަ ފަރާތްތަކަކުން ބައިވެރި ނުވުމުގެ ސަބަބުން މިފަހަރުގެ ސުޓޭޖު ސޯ ވަނީ ކެންސަލު ކޮށްފައެވެ.

ޝަރުޢީގޮތުން ލަވައިގެ ޙުކުމަށް ބަލާލާއިރު މިޔުޒިކާއިއެކު ކިޔާފައިވާ ލަވައެއްނަމަ ފިރިހެނުން އަދި އަންހެނުންގެ މައްޗަށް ޙަރާމް ކަމަށް ޢިލްމުވެރިން ވަނީ އިޖުމާޢްވެފައެވެ. ހަމައެކަނި އިސްތިސްނާވެގެންވަނީ ތާރަ އާއި މެދުގައެވެ. އަދި ތާރައާއި ބެހޭގޮތުން ޢިލްމެރިންގެ އެންމެ ޞައްޙަ ގޮތަކީ އަންހެނުންނަށް ޢީދުގަޔާއި ކައިވެނިޕާޓީ ތަކުގައި ހުއްދަކަމަށެވެ. އެކަމަކު އޭގައި ޝަރުޠުވެގެންވަނީ ފާޙިޝްނޫން ބަސްތަކަކާއި އެކު ބޭނުންކުރުމެވެ. އަދި އަންހެނުންނަށް ޚާއްޞަކުރެވިފައިވާ ބަސްތަކެއްކަމުގައިވުމާއި އެކު ނަފްސުގެ ޣަރީޒާ ތަކާ ކުޅެލާބަސްތަކެއްކަމުގައި ނުވުމެވެ. ދެން އޮތީ ލަވަމިޔުޒިކާއި ނުލައި ކިޔުމުގެ ޙުކުމެވެ. މިބެހިގެންދަނީ ދެބަޔަކަށެވެ. ލަވަކިޔާމީހާއަކީ އަންހެނަކު ކަމުގައިވެ އަޑުއަހާމީހާއަކީ ފިރިހެނެއް ކަމުގައި ވާނަމަ މީގެ ޙަރާމް ކަމާއިމެދެ އެއްވެސް ޝައްކެއްނުވެއެވެ. މީގެ މިސާލަކީ އަންހެނަކު ބަންގިގޮވުން ދީނުގައި މަނާވެގެންދާފަދައެވެ. ދެވަނަބަޔަކީ ފިރިހެނުން ކިޔާލަވައެވެ. ފަހެ އެކިޔޭލަވަޔަކީ ހެޔޮކަމަށް ގޮވާލާ، އަދި އެކަމުގައި ހެޔޮބަސްތައް އެކުލެވިގެންވާ ނަމަ ބައެއް ޢިލްމުވެރިން މިކަން ހުއްދައް ކުރައްވައެވެ. އަދި ބައެއް ޢިލްމުވެރިން މަކްރޫހަކަމެއްގެ ގޮތުގައި ދެކިލައްވައެވެ. އަދި ޚާއްޞަކޮށް އެކަމަށް އަގު ނަގާމަނަމައެވެ. މިކަމުގައިވެސް ޢިލްމުވެރިންގެ އެންމެ ޞައްޙައް ބަސްފުޅަކީ، އެއީ ޝިޢްރު (ޅެން) ނަވަތަ މަދަޙަ ފަދަ އެއްޗެއްކަމުގައިވެ އަދި އޭގައި ހެޔޮ ބަސްތަކެއް އެކުލެވިގެންވާނަމަ ހުއްދަ ކަމުގައިދެކުމެވެ. ނަމަވެސް މިފަދައިން ކިޔޭ ޅެންފަދަ ތަކެއްޗަކީ ފާޙިޝްކަމާއި މުންކަރާތާއި އަންހެނުންނައް ހިތްކިޔާ އަދި ހަޑި ހުތުރު ބަސްތަކެއްކަމުގައި ވަނީ ނަމަ ޙަރާމްވެގެންވުމެވެ.
މިހިސާބުން މިބަލާލަނީ ލަވަޔާއި މިއުޒިކަކީ ހުއްދައެއްޗެކޭ ބުނާ ބައެއްގެ ވާހަކަޔަށެވެ. އެބޭފުޅުންނަށް ދަންނަވާލަން އޮތީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފޮތުންނާއި، އެކަލާނގެ ރަސޫލާގެ ސުންނަތުން ނާއި މިއުންމަތުގެ ކުރިޔާ ފަހުގެ ޢިލްމުވެރިންނާ އިމާމުންގެ ބަސްފުޅުތަކުން މިއީ ހުއްދަ ކަމެއް ނޫންކަމަށް ގެނެސް ދެވުނު ދަލީލިތައް މަދު ތޯއެވެ؟ އެދަލީލު ތަކުގެ މައްޗަށް ބާރު ގަދަވާނޭ ދަލީލު ތަކެއް ނިކަން ގެންނަވާށެވެ. ފަހެ އިހުގެ ޢިލްމު ވެރިންގެ ތެރެއިން އަލް ޤާޟީ އަބޫބަކްރުބިން އަލް ޢަރަބީ އާއި، އަލް އިމާމް އިބްނު ޙަޒްމު ރަޙިމަ ހުމަﷲ އާއި ދެބޭކަލުންގެ ބަސްފުޅުނޫން އެއްޗެއް ތިޔަބޭފުޅުން ނަށް ފެންނަން ނެތީ ތޯއެވެ؟ އިސްވެ ބަޔާންވެ ދިޔަ ހުރިހާ ބޭކަލުންގެ ބަސްފުޅުތަކާއި ދަލީލުތަކުގެ މައްޗަށް އެދެ ބޭކަލުންގެ މަދުބަސް ފުޅެއް ކުރި ހޯއްދެވީ ކޮން އިން ޞާފަކުން ތޯއެވެ؟ ހަވާނަފުސާ، ޝައިޠާނާގެ ވަސްވާސް ތައް ދޫކޮށް ޙައްޤައް އަވަހަށް ރުޖޫޢަވަމާ ހިންގަވާށެވެ. ﷲ ތަޢާލާ އެކަލާނގެއަށް ރުޖޫޢަވާމީހުންދެކެ ލޯބިވެ ވޮޑިގަންނަވައެވެ.

ވީމާ ﷲ ގެ މަތިން ހަނދުމަކުރުމަކީ މިއުޒިކުގެ ބަދަލުގައި އަޅުގަނޑުމެނަށް އޮތް އެންމެ ފުރިހަމަ ޙައްލެވެ. އެގޮތުން ފަސްވަގުތު ނަމާދުކުރުމަކީވެސް އެކަލާނގެ މަތިން ހަނދުމަ ކުރުމެވެ. އަދި ހެނދުނާ ހަވީރުގެ ޒިކުރުތަކާ ދުޢާތައްކިއުމަކީވެސް އެކަލާނގެ މަތިން ހަނދުމަ ކުރުމެވެ. ގިނަ ގިނައިން ކީރިތި ޤުރުއާން ކިޔެވުމާއި ދީނީ ފޮތްތައް ކިޔުމާއި ވައުޟާ ނަޞޭޙަތް އަޑުއެހުމަކީ ހައްތާވެސް ޝައިޠާނާގެ މަގުން އެއްކިބާ ކޮށްދީ ގަދަ ކީރިތިވަންތަ ، އަޅުގަނޑުމެންނަށް ހުރިހާ ނިޢުމަތެއްދެވަވާ ޚާލިޤުވަންތަ ޖައްބާރުވަންތަ ﷲ ގެ މަތިން ހަނދުމަކޮށްދޭނޭ ކަންތައްތައްކަން ޔަޤީނެވެ. وما علينا إلا البلاغ المبين




Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "މިފަހަރުގެ އީދުގައި ސުޓޭޖު ސޯ ނޯންނާނެ"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ