
އަޅުގަޑުމެންނާއި އަވައްޓެރި ޕާކިސްތާނަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވުމާއި ގުޅިގެން ހާލުގައި ޖެހިފައިވާ ކިޔަވާކުދިންނަށް އެހިތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިއަދު ލަންދޫ ސްކޫލްގައި ފަންޑު ފޮށްޓެއް ހުޅުވައިފިއެވެ. މިފޮށްޓަށް އެހީ ތެރިކަމުގެ ގޮތުން ކޮންމެވެސް މިންވަރެގެ އެހީއެއްފޯރުކޮށް ދިނުމަށް ސްކޫލްގެ ބެލެނިވެރިންނާއި ސްޓާފުންނާއި ބޯޑް އަދި ޕީޓީއޭގެ މެމްބަރުންނާއި ހުރިހާ ރައްޔިތުންނަށް ސްކޫލްގެ ފަރާތުން އެދިލަށްވާފައިވެއެވެ. މި ފަންޑް ފޮށި ހުޅުވިގެން ދިޔައީ ސްކޫލްގެ ބެލެނިވެރިއެއްކަމަށްވާ މިރަށު ސަލްމާ ހުސެއިން / އޮއިވަރު ގެ ދީލަތި އެހީތެރިކަމުންނެވެ. މި ފޮށްޓަށް އެހީ ތެރިކަން ފޯރުކޮއްދިނުމަކީ ވަރަށް މުހިންމުކަމެއްކަމުގައި މިނޫހުގެ ފަރާތުންވެސް ދެކެމެވެ.
0 ޚިޔާލު: on "އެހީތެރިކަމުގެ އަތެއްފޯރުކޮށްދެމާ"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ