
އެކިއެކި މެޗްތަށް ކުޅުމަށް ކުޅުންތެރިންނާއި ހަވާލްކުރެވޭ ބައެއް ޖާޒީތަކަށް ބައެއް ކުޅުންތެރިން ނުބަލާކަން ފާހަގަކުރެވެއެވެ. ކޮންމެ މެޗެއްވެސް ނިމުމުން ދެދުވަހުގެ ތެރޭގައި ޖާޒީ ގެނައުމަށް ކުޅުންތެރިންނަށް އެންގިކަމުގައިވިނަމަވެސް މިކަމަށް އިޖާބަދެނީ ހާލަކުން ކުޅުންތެރިއެކެވެ. ބައެއްފަހަރަށް އެއްހަރުފަހުންވެސް މިފަދަ ޖާޒީތަށް ގެނެސްދެވޭތަންވެސް އާދެއެވެ. މިގޮތަށް ގެންނައިރު އޭގައި ތަފާތުއެކިކަހަލަލައްތައް ޖެހިފައި ހުރުން ފާހަގަ ކުރެވެއެވެ. ޖަޒީއަޅައިގެން ދުންފަތުގެ އިސްތިއުމާލް ކުރުމަކީ އަބަދުވެސް ކުޅުންތެރިންނަށް މަނާކަމެކެވެ. އެއީ ކުޅިވަރާމުޅިން ހިލާފްކަމެކެވެ. ބައެއްކުޅުންތެރިން ޖަޒީ އަބުރާ ގެންނައިރު ނުދޮވެ ގެނެވުމާއި ހަމައެހެންމެ އެކުޅުންތެރިން ނިދައްލާ "ނައިޓީ" އަކަށްވެސް ބައެއް ކުޅުންތެރިން ބޭނުން ކުރެއެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. މިއީ ކުޅުންތެރިން ވަރަށް ވިސްނަށްވެއްޖެ ކަމެކެވެ.
0 ޚިޔާލު: on "ނައިޓީއަކަށް ޖާޒީ ބޭނުން ނުކުރަމާ"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ