
ދިޓީވީން މިދިޔަ އަހަރު ބާއްވަންފެށި "ރާއްޖެ ރަންއަޑު" ގެ މިފަހަރުގެ މުބާރާތުގައި އަބްދުﷲ ނާސިދު (ނާއްޕެ) ބައިވެރިވެއްޖެއެވެ. ކުޑައިރުންސުރެވެސް ލަވަކިޔުމަށް ވަރަށް ޝައުޤްވެރިވާ ނާއްޕެވަނީ ސުކޫލްދައުރުގައިވެސް ސްކޫލްކުދިން ލަވަކިޔުމުގެ މުބާރާތުގައި ބައިވެރިވެފައެވެ. އީދުގައި ރަށުގައި އޮންނަ އެކިއެކި ސްޓޭޖް ސޯ ތަކުން ވަރަށް ގިނަމީހުންގެ ތަރުހީބު އަތުލައިގެންފައިވާ، އޭނާގެ ބައްޕައަށް ދޫނުކުރާ ކުޅަދާނަ ޒުވާން ހުނަރުވެރި ލަވަކިޔުންތެރިއެކެވެ. އެހެންނަމަވެސް މިފަހަރުގެ ރަންއަޑުގެ ގަދަ ފަނަރާގައި ހިމެނުމަށް ފަހު މިހާރުވަނީ ނާއްޕެވެސް މިމުބާރާތުން ކަޓާފައެވެ. ނާއްޕެ ބުނިގޮތުގައި މިފަހަރުގެ މުބާރާތުން ކެޓީ ވާންޖެހޭ ވަރަށް ތައްޔާރު ނުވެވުމުންކަމަށާއި މިއަންނަ އަހަރު ބައިވެރިވުމާމެދު ވިސްނާ ކަމުގައެވެ. ނާއްޕެއަށް ހެޑްލައިންސްގެ ފަރާރުން ލަވަކިއުމުގެ ރޮގުން ކާމިޔާބް މުސްތަޤް ބަލަކަށް އެދެމެވެ.
0 ޚިޔާލު: on "ފުރަތަމަ ފަހަރަށް ރައްޖެރަންއަޑުގައި"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ