Tuesday, August 3, 2010

ލޯބި



ލޯތްބަކީ ލޭގަ އާއި ހަމުގައި ހިނގާ ޖަޒްބާތެއް ކަމުން ލޮލަށް ފެނުން މިކަން ފެށުމަކަށް ލާޒިމެއް ނުކުރެއެވެ.‫ ބައެއް ފަހަރަށް މި ޖަޒްބާތު އުފެދެނީ ތިމާ އަށް ނުވެސް އެނގި އެވެ.‫ މިއީ ޗެޓް ކުރުމާއި ފޯނު ކުރުންފަދަ ވަސީލަތުން ލޯބި ވާ އެއްގޮތެވެ.‫ ދެމީހުންގެ ބްރައިން ކެމިސްޓްރީ ގައި ދިމާ ވާ ގޮތްތަކެއް ހުރުމުން ވާހަކަ ދައްކާލުމުން ދެމީހުންވެސް ނުހަނު ހިތް ހަމަ ޖެހޭގޮތް ވެއެވެ.‫ މި ގޮތުން ލޯބިވާ އިރު އަޑުގެ ހިތްގައިމު ކަމާއި ބަހުރަވައިގެ ސާދާ ކަމަކީ ލޯބި ހާސިލް ކުރުމަށް ނުވަތަ ހިތް ލަންބާލުމުގައި މުހިއްމު ދައުރެއް ކުޅޭ އެއްޗެކެވެ.‫ބައެއްފަހަރަށް ލޯބިވަނީ އެނގުމާ ނުލާ، ނުވަތަ ގަސްތަކާއި ނުލައެވެ.‫ އަދި ލޯބިވުމަށް ފަހު ލޯބިވެރިޔާގެ ކިބައިގާ ހުންނަ އުނިސިފަތައް ލޯބީގެ އެންމެ ތާޒާ ދުވަސްވަރު ދެނެއެއް ނުގަނެވެއެވެ.‫


ލޯބިވި ކަން ނުވަތަ ވެވޭކަން ތިމާ އަށް މިފަދަ ކޮންމެ ހާލަތެއްގައި އަންގައި ދެނީ ތިމާ ގެ ތަބީޢަތެވެ.‫ ބައިލޮޖިކަލީ ގޮތުންނެވެ.‫
ދެވަނަ ފަހަރަށް އަނބުރާ ލޯބި ހާސިލް ކުރަން އުޅުމަކީ ބައެއްފަހަރަށް ވަރަށް ވޭނީ، އަދި އެހާމެ ދަތި އުނދަގޫ ކަމެކެވެ.‫ މިހެން ދިމާވަނީ ދެމީހުންގެ ބްރައިންކެމިސްޓްރީ ދިމާ ވުމުގައި މައްސަލަތަކެއް އުޅޭތީއެވެ.‫ ނުހަނު ފުނުން އެހާމެ ގަދައަށް ލޯބިވި ނަމަވެސް ދެމީހުން އެކުގައި އުޅެން އުނދަގޫ ވެދާނެއެވެ.‫ މިފަދަ ލޯތްބަކަށްޓަކައި ކުރިމަގު ގުރުބާން ކުރުމަކީ މިއަދު ފިރިހެން ކުއްޖަހު ކޮށްފާނެ ކަމެއްކަމަކަށް ލޯބި ދިރާސާ ކުޜާ ގިނަމީހުން ޤަބޫލެއްނުކުރެއެވެ.‫ .‫


ދިމާވި މައްސަލައަށް ބަލާއިރު އެއީ ވަރަށް އާދައިގެ މައްސަލައެކެވެ.‫ އެފަދަ މައްސަލަތައް އާއްމުކޮށް ދިމާވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.‫ އެހެންވީ އިރު ރަނގަޅީ ދެވަނަ ވިސްނުމެއްބާއެވެ؟ ނުވަތަ ހަމަ އެ ލޯބި ހާސިލް ކުރުން ބާއެވެ.‫ މިކަމަށް ވިސްނާލުން މުހިއްމު ކަމުގައި ފެނެއެވެ.‫

ލޯބިވާ މީހެއްގެ މަތިން ހަނދުމަނެތި ގޮސްފިނަމަ އެހިސާބުން އޭނަ ލޯބި ނުވަނީ ކަމުގައި ބައެއް ސައިކޮލޮޖިސްޓުން ގަބޫލުކުރެއެވެ. އެހެނަސް ހަނދާން ހުރުމާއި ލޯބި ވުމާއި މިއީ މުޅިން ދެކަމެއް ކަމުން ލޯބިވާ މީހެއްގެ މަތިން ހަނދުމަ ނެތިދާނެ ކަމަށް އެއްބަސްވެވެއެވެ. ލޯބިވުމަކީ ބައެއް ހާލަތްތަކުގައި ނުހަނު ގަދަވެފައި އަދި ބައެއް ހާލަތްތަކުގައި ނުހަނު ދަށްވެ ، ނަފްރަތަށް ބަދަލުވާ ޖަޒްބާތެކެވެ.


މީހުން ހެއްދުމުގެ ނުވަތަ ފްލާރޓް ކުރުމުގެ ތެރޭގައި ވަރަށް ގިނަފަހަރަށް އެކަކު އަނެކަކު ދެކެ ލޯބިވެއެވެ. ފުރަތަމަ މިގޮތަށް މިކަން ދިމާވާ ގޮތް ދެނެގަތުން މުހިއްމެވެ.. ލޯތްބަކީ ލޭހިނގުމާއި ހަމުގައި ހިނގަމުންދާ ޖަޒްބާތެކެވެ. އިންސާނާގެ އަސާސީ ބޭނުންފުއްދައިދެވޭފަދަ ފަރާތަކަށް ލޯބިވެރިޔާ ނުވާނަމަ ހަޔާތުގެ ކޮންމެވެސް ހިސާބަކުން މައްސަލަ ދިމާވެއެވެ. މި ގޮތަށް މައްސަލަ ދިމާވަނީ ފްލާޜޓް ކުރުމުގެ ތެރޭގައި ، ނުވަތަ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވި އެތަނުން ލިބޭ އޯގާތެރިކަމެއްގެ ތެރޭގައި ، ނުވަތަ އޮފީހުގެ މަސައްކަތު މާހައުލުންނެވެ. މިގޮތަށް ދިމާވުމުން ގޮތް ނިންމުން ބިނާވާނީ މުޅި އެކަމުގެ ވާހަކަތަށް އަޑު އިވިފައިވާ ފަރާތަކަށެވެ.

ބޭނުންވަނީ ލޯބިވެރިޔާ މަތިން ހަނދުމަ ނައްތާލަންތޯ؟ އެކަމަށް ނަގާނެ މުއްދަތެއް ބިނާވަނީ ލޯބިވެވިފާ ވާ ފުންމިނަކުންނެވެ.
ލޯބިނުވާ މީހަކާއި އެކު ދިރިއުޅެވިދާނެއެވެ. އެހެނަސް އެކަމުގެ ސަބަބުން ހިތަށް ނުހަނު އުނދަގޫތަކާއި ކުރިމަތިވާނެއެވެ. މި ފަދަ ކަންތައްތައް އަމިއްލައަށް ހައްލުކުރުމުގެ ޤާބިލްކަން ހުންނަ އެއްވެސް މީހަކަށް މިގޮތަށް ލޯބިނުވާ މީހަކާއި އެކު ދިރިއުޅުމަކީ އުނދަގޫ ކަމަކަށް ނުވެދާނެއެވެ.
ލޯބިވާ މީހާ ނުލިބުމަކީ ހަޤީޤަތުގައިވެސް މޮޔަވާވަރުގެ ކަމެކެވެ.‫


މޮޔަވަނީ ސިކުޑިއަށް އުނިކަން އައުމުން ، ވިސްނުމަށް އަންނަ ބަދަލަކުންނެވެ.‫ ލޯތްބަކީ ތިމާގެ ވިސްނުމަށް ނުހަނު ގިނަ އިންގިލާބުތައް ގެނުވާ އެންމެ ބާރުގަދަ ޖަޒްބާތެވެ.‫ ލޯބީގައި މޮޔަވެގެން މީހުން އަމިއްލަ އަށް މަރުވެދެއެވެ.‫ ބައެއްފަހަރަށް ”އިންފީރިއޮރިޓީ” ކިޔާ ބައެއްޖެހެއެވެ.‫ މި ބަލީގެ ސަބަބުން ވެސް ވިސްނުން ބަދަލުވެ ސިކުނޑި ހަމަނުޖެހޭ މީހަކަށް ބަދަލުވެއެވެ.‫


ލޯބި ވުމުގެ ތަފާތު ގޮތްތަކެއް ހުރެއެވެ.‫ މިގޮތުން އުފެދޭ އެންމެ ވަރުގަދަ ލޯތްބަކީ މީހާ ވަކިވެ ދާފަހުން ، ނުވަތަ މީހާ ކަމެއްކުރުމުން އެކަމުގެ އަސަރުގައި ވާ ލޯތްބެވެ.‫ މި ލޯބި ހަނދާންނައްތާލަން ވަރަށް ދަތިވާނެއެވެ.‫ ސަބަބަކީ ދެން އެމީހަކާއި ދޭތެރޭ ލޯބި ހީނަރުވާ ކަމެއް ހިނގުމުގެ ފުރުޞަތެއް ނޯންނާތީއެވެ.‫ ނުވަތަ ކުޑަވެފައި އޮންނާތީއެވެ.‫ މިވާހަކަ އިބްން ހަލްދޫނުގެ “އަބަސިއްޔާ” ކިޔާފޮތުގައި ލިޔެފައިވެއެވެ.‫ މި ލޯތްބާ މެދު ބައެއްފަހަރަށް ބުނެވެނީ މިއީ ހަނދުމަނެތިގެން ނުދާ ގަދަ ލޯތްބެވެ.‫



ދެބެންގެ ދެދަރި ދެމީހުން ކާވެނި ކުރުމަކީ ކުދި ރަށް ރަށުގައި ވަރަށް އާއްމު ކަމެކެވެ.‫ އެހެނީ އާބާދީ މަދު ރަށްތަކުގައި ދިރިއުޅެމުންދަނީ ދެތިން ޢާއިލާއެކެވެ.‫ މިގޮތަށް އިނުމުގެ ސަބަބުން އާއިލީ ބަލިމަޑުކަން ކުރިމަތިވެއެވެ.‫ މިސާލަކަށް ހަކުރުބަލި ފަދަ ވާރުތަ ކުރާ ބަލިތައް ފެތުރެއެވެ.‫


ލޯބިވާ މީހަކާ އިނުމަކީ ދިރިއުޅުން ބިނާކުރެވޭނެ ގޮތް ކަމުގައި އެންމެންވެސް ދެކެއެވެ.‫ ހަމަ އެއާއި އެކު ޓީން އޭޖްގައި ހެޔޮނުބައި ވިސްނާ އަމިއްލަ އަށްރަނގަޅު ގޮތް ނިންމުމަކީ ގިނަފަހަރަށް އުނދަގޫ ކަމެކެވެ.‫ އާއިލާގެ އެހެނިހެން މީހުންގެ ލަފާ އާއި އިރުޝާދު މުހިއްމެވެ.‫ ޢާއިލާ މީހުން އިރުޝާދު ދިނުމުގެ ބަދަލުގައި ތިކަމާ ދެކޮޅު ހަދާ ކަމުގައި ވާނަމަ ދެން އުފެދޭނީ ކާމިޔާބު ކުރުމުގެ ރޫޚެކެވެ.‫ މުހިއްމީ ކާމިޔާބު ކުރެވޭކަން ދެއްކުމަށްވުރެ ބުއްދިވެރި ގޮތަކަށް ހިކުމަތާއި އެކު ނިންމުމެވެ.‫


Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

1 ޚިޔާލު: on "ލޯބި"

Unknown said...

vrh kiyaa hithun indhaa nimuny vess :(

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ