ކޮންމެ ކުއްޖަކަށްވެސް އަންނާނެ އެއްމެ މަޖާދައުރަކީ ހަމަޔަގީނުންވެސް ސުކޫލްދައުރެވެ. މިދައުރުގެ މަޖާކަށް އެގިގެންދަނީ ސުކޫލުން ނިމި ވަޒީފައަށް ދިއުމުންނެވެ. އޭރުގައި ކުރެވިފައިވާ މަޖާކަންތައްތަކުގެ ވާހަކަ މިހާރުވެސް ސްކޫލްދައުރުގެ ރައްޓެއްސަކާއި ދިމާވެއްޖެނަމަ ނުދައްކަނުހުރެވޭނެކަން ހަމަޔަގީނެވެ. އެހެންނަމަވެސް މިހާރަކަށް އައިސް ބައެއްކުދިންނަށް ސްކޫލްދައުރުވެގެން ދަނީ ބޮޑު ފޫހިގަޑަކަށެވެ. މިކަމާ ގުޅިގެން ވަރަށް ގިނަ ކުދިން ސްކޫލުން ވަކިވެފައިވެސް އެބަހުސްޓެވެ. އެފަދަ ކުދިންނަށް ސްކޫލްދައުރުގެ މުހިއްމުކަން އެގިގެން ދާނެކަން ހަމަޔަގީނެވެ. އެހެން ނަމަވެސް އެކަން އެގޭނީ ވަގުތު ވާއިތުވާފަހުންނެވެ. އޭރުން ކުރާނެ އެއްވެސް ކަމެއްނޯންނާނެތާއެވެ؟ ސުކޫލްގައި އުޅުން އިރު ކުރެވިފައި ހުންނަބައެއްކަންތައްތައް ފެނުމުން މިހާރު ބައެއް ކުދިން ހިނި އަންނާނެކަން ހަމަޔަގީނެވެ.ބައިވެރިވެފައިވާ ބައެއް އިތުރު ހަރަކާތްތަކުގެ މަތީން ހަދާންވާތަން އަންނާނެއެވެ. އެއީ ހަމައެއްމެ އުފާވެރި ދައުރެވެ.
0 ޚިޔާލު: on "ސްކޫލްދައުރު އެއްމެމަޖާ ދައުރު"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ