މިހާރަކަށް އައިސް ވަރަށް ގިނަމީހުންގެ ދުލުން ބުނާތީ އަޑުއަހަން "އަހަރެންގެ ދަރި އަހަރެން ބުނާބަހެއްނާހަ. އަހަރެންނާ ދިމާލަށްވެސް ކިޔަނީ ކިޔާނެއެއްޗެއް" މިހެން މިވަނީ ސަބަބެއްނެތިއެއް ނޫނެވެ. އަބަދު ތިމާގެ ދަރި ދޮންފުތުވައްޔާ މިހެންވެސްވާނެއެވެ. އެކުދިން ނުބައިކަމެއްކޮއްފިއްޔާ އެކުރީ ނުބައި ކަމެއްކަމަށް ބަލައިގަންނަށް ވާނެއެވެ. އަދަބުދޭންޖެހޭ ވަގުތުގައި އަދަބުދޭން ޖެހޭނެއެވެ. ކުރިން އަހަރެމެން ބަސްނާހަ އުޅެއްޔާ ގެއިން ބޭރުކޮސްލައެވެ. އަދި ދޭންޖެހޭ ބައެއް އިނާޔަތްތައްވެސް ނުދީ ހިފަހައްޓައެވެ. އޭރު އަދަބު ކަޑައަޅަނީ ކުރާ ކަމެއްގެ ބޮޑު ކުޑަމިނުންނެވެ. އެގޮތުން ގެޔަށް ނުވަދެ އަބަދު ބޭރުގައި އުޅެއްޔާ ގޭން ނެރެލައެވެ. އަހަރެމެންގެ ތެރެއިން ވަރަށް ގިނަ ކުދިން މިހާރުވެސް އެމީހުން މަންމަ ހުއްދައެއްނެތި މޫދަށް ގޮސް ގެޔަށް އެބުރި އަންނައިރަށް "ގޯނި އައްދުވާ" ބޭރަށް ނެރި ގޭދޮށު ކުދިންލައްވާ ނާށިވެސް ޖަހުވާނެއެވެ. އެރު އަހަރެމެން އެކަމާހެދިވެސް މަންމަގެ ބަސްއަހަމެވެ. މަންމަގެ މޫނުމަތީގައި ބަސްބުނެއެއް ނުހަދަމެއެވެ.
0 ޚިޔާލު: on "އަދަބު ދޭންޖެހޭތާ އަދަބުދޭށެވެ."
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ