
ލަންދޫއަށް މިދެދުވަހު ވަރަށް ބޮޑަށް ވިއްސާރަކޮށް މަގުތައް ވަނީ ފެންބޮޑުވެފައި އެވެ. އިއްޔެ ހަވީރު ވެހެން ފެށި ވާރޭ މެދުނުކެޑި އަދިވެސް ދަނީ ކުރިައށެވެ.
ރާއްޖޭގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވެފަ, މިވިއްސާރާގައި ވައިގަދަވެ ކަނޑުތައްވެސް ދަވާނެކަމަށް ލަފާކުރެވޭތީ ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ބުނެލަމެވެ.
ކަނޑުދަތުރު ފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެގެން ދަތުރުފަތުރު ކުރުމަށް އިލްތިމާސް ކުރަމުންދާއިރުވެސް, މޫސުމަށް ނުބަލާ ދަތުރު ފަތުރު ކުރާކަން އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ފާހަގަ ކުރެވިފައިވާ ކަމަށް އެމްއެންޑީއެފްން މައުލޫމާތު ދެއެވެ. މިކަމުގެ ސަބަބުން ކަނޑުމަތީގެ އެކިއެކި ހާދިސާތައް ކުރިމަތިވަމުން އަންކަމަށާއި މިދުވަސްވަރު ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ރޭގަނޑު ދަތުރުތައް ނުކުރުމަށް ކޯސްޓްގާޑުން އިލްތިމާސް ކުރެއެވެ.
0 ޚިޔާލު: on "ލަންދޫއަށް މިދެދުވަހު ވަރަށް ބޮޑަށް ވިއްސާރަ ކުރަމުން އެބަދޭ"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ