
ދަރިވަރުންގެ މަދަރުސީ ޙަޔާތުގައި ބެލެނިވެރިންގެ ނުހަނުބޮޑު ޙިއްޞާއެއް ވެއެވެ. މިދެންނެވީ މަދަރުސާގެ ކަންކަމުގައި ބައިވެރިވެލައްވަން ޖެހިވަޑައިގަންނަވާނެ ވާހަކައެވެ. މިފަދަ ކަންކަމުގައި ބައިވެރިވުމަކީ ބުރަ އަދި ވަގުތުތަކެއް ހޭދަކުރަން ޖެހޭ ކަންކަމެވެ . އެހެނަސް އެއިގެ ސަބަބުން ކުރާނެ ފައިދާތައް ޢަދަދުނުކުރެވޭހާ ގިނަގުނައެވެ.
ބެލެނެވެރިން މަދަރުސާގެ ޙަރަކާތްތަކުގައި ބައިވެރިވުމުން ދަރިވަރުން މަތީ މާރކްސް ހޯދުމާއި އިމްތިޙާނުތަކުގައި ރަގަޅަށް މަސައްކަތްކޮށް ދަސްކުރުމަށް ވާޞިލްވުމަށް ބާރު އަޅައެވެ. ކަންކަމުގައި އިސްނެގުން އިތުރުވުމާއި އެކުދިން އަމިއްލަނަފުސަށްކުރާ އިތުބާރު ގަދަކޮށްދެއެވެ.ތަފާތު މައްސަލަތަކުގައި ކުދިން ސަސްޕެންޑް (ގޭގައި ބަންދު) ކުރަންޖެހޭ މިންވަރު ދަށްކޮށްދެއެވެ. ދުންފަތުގެ އިސްތިޢްމާލުކުރުމާއި މަސްތުވާތަކެތި ބޭނުންކުރުމާއި ދުރުހެލިކުރުވައެވެ.
ސްކޫލްގައި ބެލެނެވެރިންނަށް ހިންގޭ އެހެނިހެން ޙަރަކާތްތަކާއި ޖަލްސާތަކުގައިވެސް ބައިވެރިވެވަޑައިގަންނަވާށެވެ. އޭރުން ތިބާ އެކުދިންގެ ކިޔެވުމުގެ ކަންކަމުގައި ސަމާލުކަން ދެއްވާމިންވަރު ފެނި އެކަމުގެ އަގުވަޒަން ކުރާނެއެވެ. މީގެއިތުރުން މިކަމުގެ ސަބަބުން މުދައްރިސުންނާއި ބަލެނެވެރިންނާއި ބައްދަލުވެލާ މުޢާމަލާތުކުރުމަށް ފުރުސަތު ލިބިގެންދާނެއެވެ. ކުލާހުގެ މުދައްރިސުންނާއި ސްޕަރވައިޒަރުންނާއި އިސްބޭފުޅުންނާއި ވާހަކަދައްކަވާށެވެ.
0 ޚިޔާލު: on "މަދަރުސީ ޙަޔާތުގައި ބެލެނިވެރިންގެ ޙިއްޞާއެއް"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ