
މަސްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ހުސެއިން ޖަވާދު އިތުރު ދެ ރޮގަނކުން ވާދަ ކުރަން ފަށައިފިއެވެ. ބޯކޮށުމާއި މީހުން ރުއްސުމުގެ ރޮނގުން މިހާރު އެންމެ ކުރީގައި އުޅެނީ ޖަވާ އެވެ. ބޯޅަ ކުޅެން ފެށުމުގެ ކުރިން ވޯމްއަޕަކަށް ފުރަތަމަ ވެސް ބޯކޮށަން ފެށި ޖަވާ ބުނީ އޭނާގެ ޓާގެޓަކީ ޑޭވިޑްއަށް ވުރެ ގިނައިން މީހުންގެ ބޯކޮށުމައި މީހުން ރުއްސުން ކަމަށެވެ. ޖަވާ ވަނީ މިކަމަށް ހާއްސަ ކިޓެއްވެސް ވަރަށް އަގު ބޮޑުކޮށް ގަނެފައެވެ.
ޑޭވިޑް އަކީ ވަރަށް ގިނަފަރާތްތަކަށް ހިލޭ ސާބަހަށް ބޯކޮށައި ދިނުމުގެ ބުރަމަސައްކަތް ކުރަމުން އަންނަ ފަރާތެކެވެ. އިތުރު މީހުން މިކަން ކުރުމުން ޑޭވިޑް އަށް ކޮންމެވެސް ވަރެއްގެ ލުޔެއް އަންނާނެ ކަން ޔަގީނެވެ.
މިފަދަ ހިދުމަތްތަށް ދޭ ފަރާތްތަކަށް މިބުލޮގުގެ ނަމުގައި ސުކުރު އަދާ ކުރަމެވެ.
0 ޚިޔާލު: on "ޓާގެޓަކީ ޑޭވިޑްއަށް ވުރެ ގިނައިން މީހުންގެ ބޯކޮށުމައި މީހުން ރުއްސުން"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ