Monday, September 13, 2010

ކާކު މަގޭ ބުރީގައަޅާ މިފެންގަނޑަށް ކޮއްޕާލީ.



ވަރަށް މަޝްހޫރު ރަސްކަލެކެވެ. މިރަސްގެފާނުގެ ވަރަށް ރީތި އަންހެންދަރިއެއް ހުރެއެވެ. އެއްދުވަހަކު ރަސްގެފާނު ސަހަރުގެ ހުރިހާފިރިހެނުން އެއްކުރިއެވެ. އަދި އެއަށްފަހު އިއުލާނެއް ކުރިއެވެ.
ރަސްގެފާނު ހުރިހާފިރިހެންވެރިން އެއްކުރީ އެއަވަށުގައި ހުންނަ ވަރަށް ނުރައްކާތެރި ކިނބޫފެންގަނޑެއްގެ ކައިރިއަށެވެ. ފެންގަޑު އެއްފަރާތުގައި ރަސްގެފާނާއި ރަސްގެފާނުގެ އަންހެންދަރިފުޅު އަދި ވަޒީރު ހުއްޓިގެން ހުއްޓެވެ. އަދި ފެންގަޑުގެ އަނެއްފަރާތުގައި އަވަށުގެ ހުރިހާފިރިހެނުން ތިއްބެވެ.
ވެގެން މިއުޅޭ ގޮތެއްބަލަން އަވަށުގެ ކުދިބޮޑު އެންމެން އެތަނަށް އެއްވިއެވެ. އިރުކޮޅަކުން އަޑުގަދަ ކުރާއަކުން ރަސްގެފާނުގެ އިއުލާން އިއްވިއެވެ. "އަޅުގަޑު ގަސްތުކުރަނީ އަޅުގަޑުގެ އަންހެންދަރިފުޅުގެ ކައިވެނި މި އަވަށުގެ ޒުވާނަކާ ކުރުވާށެވެ. އަދި އެފުރުސަތު އަވަށުގެ ކޮންމެ ފިރިހެނަކަށްވެސް އެބައޮތެވެ."
މިހަބަރު އަޑު އިވުމުން ފިރިހެނުންތައް ވަރަށް އުފާވިއެވެ. އަދި ރަސްގެފާނުގެ އަންހެން ދަރިފުޅުގެ ކައިވެ ނި ލިބޭތޯ ކުރަންހުރި ހުރިހާކަމެއް ކުރާނެ ވާހަކަވެސް ބުނެ ވަރަށް ފޮނިކެނޑިއެވެ.

އިރުކޮޅަކުން އަނެއްކާވެސް ރަސްގެފާނުގެ އަޑު އިވުނެވެ. މިފަހަރު ރަސްގެފާން ވިދާޅުވިއެވެ. "އަޅުގަޑުގެ އަންހެންދަރިފުޅުގެ ކައިވެނި ބޭނުން ޒުވާނަކު ހުރިނަމަ މި ކިނބޫ ފެންގަނޑުހުރަސްކޮށް އަންނާށެވެ. އެންމެ ހިއްވަރުގަދަ ޒުވާނަކަށް އަންހެން ދަރިފުޅުގެ ކައިވެނި ލިބޭނެއެވެ." މިހިސާބުން އެއްކަލަ ހިއްވަރުގަދަ ޒުވާނުންގެ އަޑު ކެނޑިއްޖެއެވެ.

ދެވަނަ ފަހަރަށް ރަސްގެފާނުގެ ވާހަކަ ފުރިހަމަ ނުވެގެން އުޅެނިކޮށް މީހަކު ފުނަމައިލައިގެން ފަތާފައި އެބަ އާދެއެވެ. ރަސްގެފާނު ވަރަށް ހައިރާންވެ ހުރެ ބަލަން ހުއްޓޭވެ. އެއީ އެއަވަށުގެ ފަޤީރުކޮއިއެވެ. ފަޤީރުކޮއި ކިނބޫތަކާ ހަނގުރާމަ ކުރަމުން ސަލާމާތްވެގެން އައިސް ރަސްގެފާނުގެ ކުރިމަތީގައި ހުއްޓުނެވެ. އަދިރަސްގެފާނު ވިދާޅުވިއެވެ. "ނޫނޭ ތިހަމަ ހިއްވަރުގަދަ ސޮރެއް އިނގޭ"

ފަޤީރުކޮއި ހުރީ ވަރަށް ވަރުބަލިވެސް ވެފައެވެ. އަދި ވަޒީކައިރީގައި އަޑުގަދަކުރާ ދިނުމަށް އެދުނެވެ. ވަޒީރު ވަރަށް އަވަހަށް ފަޤީރުކޮއިއަށް އަޑުގަދަކުރާދިނެވެ. އަދިއެއަށްފަހު އަވަށުގެ މީހުންނާ މުހާތަބުކޮއް ފަޤީރުކޮއި ބުންޏެވެ. " ކާކު މަގޭ ބުރީގައަޅާ މިފެންގަނޑަށް ކޮއްޕާލީ.............!!!!!!!!!!!"


Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "ކާކު މަގޭ ބުރީގައަޅާ މިފެންގަނޑަށް ކޮއްޕާލީ."

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ